ފެމިލީ ކޯޓަށް އެންމެ ގިނައިން ހުށަހަޅަނީ ވަރީގެ މައްސަލަތައް، ދެ މަހުން 210 ވަރިކޮށްދިން

މިދިޔަ މެއި މަހާއި ޖޫން މަހު ފެމިލީ ކޯޓަށް ވަރީގެ 271 މައްސަލައެއް ހުށަހެޅިއިރު، 210 ވަރި އެ ކޯޓުން ކޮށްދީފިއެވެ. ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މެއި މަހު 230 މައްސަލައެއް ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ވަރީގެ މައްސަލަތަކާއި، ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި، ޚަރަދުގެ މައްސަލަތަކާއި، ގެވެށި އަނިޔާއާ ގުޅޭ މައްސަލަތަކުގެ އިތުރުން އާއިލީ އެހެނިގެން މައްސަލަތައް ހިމެނެއެވެ. އެގޮތުން: ނިންމި ވަރީގެ މައްސަލަތައް: 180 ނިންމި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް: 10 ނިންމި ޚަރަދުގެ މައްސަލަތައް: 13 ނިންމި އާއިލީ އެހެނިގެން މައްސަލަތައް: 18 ނިންމި ގެވެށި އަނިޔާއާ ގުޅޭ މައްސަލަތައް: 09 https://x.com/FamilyCourtMv/status/1945838295231140320 ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހު ވެސް 109 މައްސަލައެއް ފެމިލީ ކޯޓުން ވަނީ ނިންމައިފައެވެ. އެގޮތުން: ނިންމި ވަރީގެ މައްސަލަތައް: 86 ނިންމި ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތައް: 05 ނިންމި ޚަރަދުގެ މައްސަލަތައް: 06 ނިންމި އާއިލީ އެހެނިހެން މައްސަލަތައް: 04 ނިންމި ގެވެށި އަނިޔާއާ ގުޅޭ މައްސަލަތައް: 08 https://x.com/FamilyCourtMv/status/1945849611572375814 ނިސްބަތުން ބަލާއިރު، ފެމިލީ ކޯޓަށް އެންމެ ގިނައިން ހުށަހެޅެނީ ވަރީގެ މައްސަލަތަކެވެ. މެއި މަހު އެފަދަ 151 މައްސަލަ ކޯޓަށް ހުށަހެޅިއިރު ޖޫން މަހު ހުށަހެޅީ 120 މައްސަލައެވެ. މީގެ އިތުރުން، މެއި މަހު އެ ކޯޓުން 280 ކައިވެނި ކޮށްދީފައިވާއިރު 147 ވަރި ކޮށްފީފައިވެއެވެ. އަދި، ޖޫން މަހު 180 ކައިވެނި ކޮށްދިންއިރު 63 ވަރި ކޮށްދީފައިވެއެވެ. އެހެނިހެން މައްސަލަތަކަށް ބަލާއިރު، މެއި މަހާއި ޖޫން މަހު ޚަރަދު ދިނުމުގެ 18 މައްސަލައެއް އެ ކޯޓަށް ހުށަހެޅިއެވެ. އޭގެ ތެރޭގައި ދަރީންގެ ޚަރަދު ނުދިނުމާއި، އަނބިމީހާއަށް ޚަރަދު ނުދިނުމާއި ސާބިތު ޚަރަދު ހިމެނެއެވެ. މި ފަހުން ފެމިލީ ކޯޓުން ވަނީ އެފަދަ މައްސަލަތަކުގައި ޚަރަދު ނުދޭ މީހުންގެ ވަނަވަރު ހާމަކުރަން ވެސް ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ