އުނގެނުމަށްޓަކައި ކުރެވޭ ހޭދައަކީ އަދި އެކަމަށް ދެވޭ ވަގުތަކީ އިންސާނަކަށް ދުނިޔޭގައި ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމެންޓް ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މެޕްސް ކޮލެޖުގެ މި އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އާދަމް ޝަރީފް ވިދާޅުވީ އުނގެނުމަކީ ބުރަ މަސައްކަތެއް ކަމަށާއި، ކިޔަވަން އުޅޭ ދުވަސްވަރު ވަރަށް ބޮޑު ލޮޑު ކަމެއް، ވަރުބަލި ކަމެއް އަމިއްލަ ހަށިގަނޑަށް އަދި ސިކުންޑިއަ ށްވެސް ލިބިގެންދާކަން އެންމެ ރަނގަޅަށް އިޙުސާސް ކުރެވޭނެ ފަރާތަކީ ދަސްވެނިން ކަމަށެވެ.
އުނގެނުމަކީ އެހެން ހުރިހާ މަސައްކަތަކަށް ވުރެ ބުރަ މަސައްކަތެއް ކަމަށާއި ނަމަވެސް ހަޤީގީ މާނައިގައި ދެ ދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރަން ބޭނުން ކަމުގައި ވިޔަސް، މުޅި މުސްތަޤުބަލު އާރާސްތު ކުރަން ބޭނުންވާ ކަމުގައިވިޔަސް އަދި ދިރިއުޅުން އާރާސްތު ކުރުން ކަމުގައިވިޔަސް އެންމެ ރަނގަޅު މަސައްކަތަކީ އުނގެނުން ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ އުނގެނުމަށްޓަކައި ކުރެވޭ ހޭދައަކީ އަދި އެކަމަށް ދެވޭ ވަގުތަކީ ވެސް އިންސާނަކަށް ދުނިޔޭގައި ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމެންޓްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި މިހިސާބުން މަސައްކަތް ހުއްޓާ ނުލައި އުނގެނުމުގައި އަބަދުވެސް ދެމި ތިބުމުގެ އަޒުމް ކަނޑައެޅުއްވުމަށް ދަސްވެނިންނަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.
މީގެއިތުރުން ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައް ހޯދައިގެން ލިބޭ ދާއިރާތަކުން ކުރިއަށް ދިއުމަށް އަޒުމު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި ވަޒީފާ ހޯދުމަށް ކުރެވޭ މަސައްކަތުގައި ތިމާ އެންމެ ބޭނުންވާ ވަޒީފާ ނުލިބޭނަމަ އެފަދަ ވަޒީފާއެއް އުފެއްދުމުގެ ޤަބިލްކަން ތިމާގެ ކިބައިގައި ހުރިތޯ ބަލާލުމަކީ ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
އުނގެނުމަށް ކުރާ ހޭދައަކީ އެންމެ ރަނގަޅު އިންވެސްޓްމެންޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ