މިލާން (ޖުލައި 12) - އިޓާލިއަން ލީގުގައި އަންނަ ސީޒަނުގައި އޭސީ މިލާނުން ފެބްރުއަރީ މަހު ކޯމޯއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެން އޮތް މެޗު އޮސްޓްރޭލިއާގެ ޕާތުގައި ކުޅެން ފުރުސަތު ދޭން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއައިޖީސީން) ނިންމައިފި އެވެ.
އަންނަ އަހަރު ފެބްރުއަރީ ހަ ވަނަ ދުވަހު، ވިންޓަ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިލާންގެ ސެން ސީރޯ ސްޓޭޑިއަމްގަ އެވެ. އެ ދުވަހު މިލާނުން އިޓާލިއަން ލީގުގައި ކޯމޯއާ ދެކޮޅަށް ކުޅެން އޮތް މެޗު، އޮސްޓްރޭލިއާގެ ޕާތުގައި ކުޅެން މިލާނުން ޕްރޮޕޯސަލް ހުށަހެޅި އެވެ.
އެފްއައިޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިލާނާއި ކޯމޯ އިން ކުޅެން އޮތް މެޗު ޕާތުގައި ކުރިއަށްގެންދަން، ހުރިހާ ފަރާތަކުން އެދޭނަމަ، އެ ގޮތަށް ކުރިއަށްގެންދިއުމުގައި މައްސަލައެއް ނެތް ކަމަށެވެ.
"ދެން މިހާރު މީގެ ގޮތެއް ނިންމުން އޮތީ އޮސްޓްރޭލިއާގެ ފުޓްބޯޅަ ފެޑެރޭޝަން، ޔުއެފާ، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން އަދި ފީފާ އިން،" އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މި ހުރިހާ ފަރާތެއްގެ ރުހުން ލިބި، މިލާނާއި ކޯމޯގެ މެޗު ޕާތުގައި ހޯސްޓްކޮށްފިނަމަ، އެ ވެގެންދާނީ، އިޓަލީ ފުޓްބޯޅަ ތާރީހުގައި ވެސް ލީގު މެޗެއް އެހެން ގައުމެއްގައި ކުޅޭނެ ފުރަތަަމަ ފަހަރަށެވެ. ފާއިތުވި އަހަރުތަކުގައި، އިޓާލިއަން ސުޕަ ކަޕްގެ މެޗުތައް ކުޅެނީ ސައުދީ އަރަބިއްޔާގަ އެވެ.
އިޓާލިއަން ލީގުގެ އާ ސީޒަން ފަށަން ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 22 ވަނަ ދުވަހު އެވެ.
މިލާންގެ ލީގު މެޗެއް އޮސްޓްރޭލިއާގައި ކުޅެނީ މިލާންގެ ލީގު މެޗެއް އޮސްޓްރޭލިއާގައި ކުޅެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ