ނިޔޯން، ސްވިޒަލެންޑް (ޖުލައި 12) - އިނގިރޭސި އެފްއޭ ކަޕް ޗެމްޕިއަން، ކްރިސްޓަލް ޕެލަސް އަށް ޔުއެފާ ޔޫރޮޕާ ލީގުން ލިބިފައި އޮތް ފުރުސަތު އަތުލައި، އެ ޓީމު ޔުއެފާ ކޮންފަރެންސް ލީގުގައި ކުޅެން ޖެހޭ ގޮތަށް ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން އިއުލާނުކޮށްފި އެވެ.
ޔުއެފާ އިން މި ގޮތަށް އިއުލާނުކޮށްފައިވަނީ، އެ އިދާރާގެ މަލްޓި ކްލަބް އޯނާޝިޕަށް (އެއް ކްލަބަށް ވުރެ ގިނަ ޓީމު ހިންގާ ކުންފުނިތަކަށް) ހަދާފައި އޮތް ގަވާއިދުގެ ތެރެއިން ޕެލަސް ނުފެތޭތީ އެވެ.
އެ ގޮތުން، ޔުއެފާގެ ގަވާއިދުގައި އޮތީ އެއް ކުންފުނިން ހިންގާ ދެ ކްލަބަކަށް ޔޫރަޕްގެ އެއް މުބާރާތެއްގައި ނުކުޅެވޭ ގޮތަށެވެ. ލިޔޯނާއި ޕެލަސްގައި ވެސް ވިޔަފާރިވެރިޔާ، ޖޯން ޓެކްސްޓާގެ ހިއްސާ، މާޗް އެއް ވަނަ ދުވަހަށް ހަމަވާ މުއްދަތުގެ ތެރޭގައި އޮތުމުން ޔުއެފާ އިން ޕެލަސް ޑީމޯޓްކޮށްލަން ނިންމީ އެވެ.
މާލީ ކަންކަމާ ހިލާފުވެގެން، ލިޔޯން ރެލިގޭޓްކުރަން، ފްރާންސް ފުޓްބޯޅައިގެ މާލީ ކަންކަން ބަލަމުން އަންނަ ޑީއެންޖީސީން ނިންމި ނިންމުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ، ލިޔޯނުން އެޕީލް ކާމިޔާބު ކުރުމާ އެކު އެވެ. ލިޔޯން ރެލިގޭޓްކުރަން ނިންމި ނިންމުން ބަދަލުވުުމުން، އެ ޓީމަށް ޔޫރޮޕާ ލީގުން ލިބިފައި އޮތް ޖާގަ ކަށަވަރުވެ، ޕެލަސް އަށް އެ މުބާރާތުގެ ދޮރު ބަންދުވީ އެވެ.
ކްރިސްޓަލް ޕެލަސްގެ ޗެއާމަން، ސްޓީވް ޕެރިޝް ވިދާޅުވީ، ޔުއެފާގެ މި ނިންމުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)ގައި އެޕީލްކުރާނެ ކަމަށާއި މިއީ ފުޓްބޯޅައިގައި ފެނިގެންދިޔަ އެންމެ ނާއިންސާފު އެއް ނިންމުން ކަމަށެވެ.
ލިޔޯނާއި ބޮޓަފޯގޯގެ ރައީސަަކަށް ހުރި، އެމެރިކާގެ ވިޔަފާރި ވެރިޔާ، ޖޯން ޓެކްސްޓާ އަކީ ކުރިން، ޕެލަސްގެ މެޖޯރިޓީ ހިއްސާދާރެވެ.
ޓެކްސްޓާ ވަނީ، މިދިޔަ މަހު 24 ވަނަ ދުވަހު، ޕެލަސްގެ 43 ޕަސެންޓް ހިއްސާ، 190 މިލިއަން ޕައުންޑަށް (254 މިލިއަން ޑޮލަރަށް) ނިއުޔޯކް ޖެޓްސްގެ އޯނަރު ވުޑީ ޖޯންސަން އަށް ވިއްކާލައިފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުން އަދި މި ޑީލަށް ރުހުން ދީފައިނުވެ އެވެ. އަދި، އޭގެ ހަ ދުވަސް ފަހުން، ޓެކްސްޓާ . ވަނީ ލިޔޯންގެ ރައީސްކަން ވެސް ދޫކޮށްލައިފަ އެވެ. ބެލެވޭގޮތުގައި، ޔުއެފާ އިން ޕެލަސްއާ މެދު ގޮތެއް ނިންމުމުގައި، މި ހުރިހާ ކަމަށް ވެސް ވަނީ އަލިއަޅުވާލައިފަ އެވެ.
ކްރިސްޓަލް ޕެލަސް ޔޫރޮޕާ ލީގުން ބޭރުކޮށްލައިފި ކްރިސްޓަލް ޕެލަސް ޔޫރޮޕާ ލީގުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ