"ތަޖުރިބާ ހޯދުމުގެ" ދަތުރެއްގައި ލ. އަތޮޅު ކައުންސިލުން ބާލީއަށް ދަނީ "ތަޖުރިބާ ހޯދުމުގެ" ދަތުރެއްގައި ލ. އަތޮޅު ކައުންސިލުން ބާލީއަށް ދަނީ

މަސައްކަތާ ގުޅޭ ތަޖުރިބާ ހޯދުމަށް އިންޑޮނޭޝިއާގެ ބާލީއަށް ދަތުރެއް ކުރުމަށް ލ. އަތޮޅު ކައުންސިލުން ފާސްކޮށްފި އެވެ.
ލ. އަތޮޅު ކައުންސިލުން މިގޮތަށް ފާސްކޮށްފައިވަނީ ޖުލައި 3، ގައި ބޭއްވި އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 72 ވަނަ ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.
ފާސްކުރި ހުށަހެޅުމުގައި ބުނެފައިވަނީ މިއީ ކައުންސިލުން ކުރާ މަސައްކަތާ ގުޅޭ އިތުރު ތަޖުރިބާ ހޯދުމަށް ރާއްޖެއިން ބޭރަށް ދަތުރެއް ކުރުމަށް މަސައްކަތު ތާވަލުގައި ހިމަނާފައިވާތީ ކުރާ ދަތުރެއް ކަމަށެވެ. ދަތުރު ތާވަލުކޮށްފައިވަނީ އޮގަސްޓު މަހުގެ ފަހުކޮޅަށެވެ.
މި ނިންމުމާ ގުޅޭގޮތުން މި ނޫހުން ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ އަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.
އެހެންކަމުން މި ދަތުރުގައި ބައިވެރިވާ މީހުންގެ އަދަދާއި ކުރަން ރާވާފައިވާ ކަންކަން އަދި ހޯދާ ތަޖުރިބާގެ ތަފުސީލު ސާފުވާގޮތް ވަނީ ނުވެފަ އެވެ.
ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ތަޖުރިބާ ހޯދުމަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ދަތުރުކުރުން މި ފަހުން ވަނީ އާންމުވެފަ އެވެ. އެގޮތުން ތައިލެންޑުގެ ބެންކޮކަށް އެކި ކައުންސިލްތަކުން ކުރި ދަތުރުތަކަށް ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ