އަބްދުﷲ ހަމީދަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި

ރައީސް އަބްދުﷲ ޔާމީންގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ކޮއްކޯފުޅު، ކުރީގެ މިނިސްޓަރު އަބްދުﷲ ހަމީދަށް ސްޓްރޯކެއް ޖެހިވަޑައިގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަން ފައްޓަވައިފި އެވެ. 
އުމުރުފުޅުން 76 އަހަރުގެ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، ހަމީދަށް ޖެހި ވަޑައިތީ މައިނާ ސްޓްރޯކެއް ކަމަށްވެއެވެ. ސްޓްރޯކެއް ޖެހިވަޑައިގެން ފަރުވާ ދެއްވަން ފަށްޓަވާފައިވަނީ މީގެ ދެ ދުވަސްކުރިން ފެށިގެނެވެ. މިހާރު މަސައްކަތް ކުރަމުންދަނީ ހަމީދު ރާއްޖެއިން ބޭރަށް ގެންދިއުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ