ހުޅުމާލޭ ވޯޓާ ތީމްޕާކް ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ ހުޅުމާލޭ ވޯޓާ ތީމްޕާކް ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލޭ ވޯޓާ ތީމް ޕާކް ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ވޯޓާ ތީމް ޕާކް ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެމީހާއާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެގޮތުން މަރުވެފައި އޮއްވާ ފެނުނީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.
މާލޭ ސަރަހައްދުން ގޮތް ނޭގޭ މަރުތައް ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދައިގެން ވެސް ފުލުހުން ތަހުގީގުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ