ހދ.ގެ ފުރަތަމަ ރިސޯޓުގެ ގޮތުގައި، 19 އަހަރަށް ނުހެދި އޮތް ނާގޯށި އަންނަ އަހަރު ހުޅުވަނީ

މީގެކުރިން ފަތުރުވެރިކަމަށް ދޫކޮށްފައި އޮތް ހދ. ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް، އަންނަ އަހަރު ހުޅުވަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ. ރިސޯޓު ހެދުމަށް ނާގޯށި އެންމެ ފުރަތަމަ އެމްޓީޑީސީއާ ހަވާލުކުރީ 2006ގައެވެ. އެކަމަކު 19 އަހަރުވީއިރު ވެސް، އެ ރަށް ރިސޯޓެއް ގޮތުގައި ތަރައްގީ ކުރެވިފައިނުވެއެވެ. ހދ. އަތޮޅަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ނާގޯއްޓަށް ވަޑައިގެންފައެވެ. އެރަށް ތަރައްގީކުރުމުގެ މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ، އެމްޓީޑީސީގެ ޗެއާމަން އަބްދުﷲ ފާއިޒާއި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި އެ ބެންކުގެ ޗެއާމަން އަހުމަދު އަލީ ހަބީބްގެ އިތުރަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. ނާގޯށި ރިސޯޓަކަށް ތަރައްގީކުރަން ހަވާލުކުރުމުގެ ތެރެއިން ---- ރައީސް އޮފީސް މަޝްރޫއުގެ ތަފުސީލުތައް ހިއްސާކުރައްވައި، އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒު ވިދާޅުވީ، އެރަށް ތަރައްގީ ކުރަން ހަމަޖެހިފައި އޮތީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން އަމާޒަކީ ފުރަތަމަ ފިޔަވަހި ނިންމައި، އަންނަ އަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ހުޅުވާލުން ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޑިސެމްބަރު މަހަށް 183 ކޮޓަރީގެ މަސައްކަތް ނިންމަން އަމާޒު ހިފާފައިވާ ކަމަށާއި އޭގެތެރޭގައި ބީޗް ވިލާއާއި ޖަކޫޒީ ބީޗް ވިލާއާއި ވޯޓާ ވިލާ ހިމެނޭ ގޮތަށް ހަތަރު ކެޓެގަރީއެއްގެ ކޮޓަރި ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހުއްޓުމެއް ނެތި، މި ރަށުގެ މަސައްކަތް ކުރިއަށްދާނެ. މިއީ ހދ. އަތޮޅުގެ ވަރަށް ބޮޑު އުންމީދެއް. އެއީ، ރިސޯޓެއް ގޮތަށް ތަރައްގީކޮށް ހުޅުވުނީމައި ގާތްގަނޑަކަށް މި ރަށުގައި 600 ވަޒީފާ އުފެދިގެންދާނެއެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒު ނާގޯށީގައި އުފެދޭ ވަޒީފާގެ ފުރުސަތުތަކުގެ ސަބަބުން އިގްތިޞާދީ ގޮތުން ވަރަށް ގިނަ ކަންތައްތަކެއް ކުރެވޭނެ ކަމަށާއި ރިސޯޓު ހުޅުވެން ވާއިރަށް މުވައްޒަފުން ނެގުމާއި ތަމްރީނު ކުރުމުގެ މަސައްކަތް ކުރާނެކަމަށް ނިޔާޒު ވިދާޅުވިއެވެ. ރައީސް ވަނީ، މި ރަސްމިއްޔާތަށް ފަހު، ނާގޯށި ބައްލަވާލައްވާފައެވެ. ނާގޯށިި ތަރައްގީކުރަން އެކި ފަހަރު މަތިން އެމްޓީޑީސީއާ ހަވާލުކޮށްފައިވާއިރު، އެ ކުންފުންޏަށް ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެން އެ މަސައްކަތް ކުރިއަށް ގެންގޮސްދެވިފައި ނުވެއެވެ. އެގޮތުން ތުރީކެއާ އިންޓަނޭޝަނަލް ކިޔާ ރަޝިއާ ކުންފުންޏަކަށް 2007 ވަނަ އަހަރު ދިނުމަށް ފަހު ދުބާއީގެ ކޮންޓްރެކްޓަރަކާ 2021 ވަނަ އަހަރު އެ ރަށް ހަވާލުކުރިއެވެ. ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު (462.6 މިލިއަން ރުފިޔާ) އިންވެސްޓްކޮށްފައިވާ ނާގޯށީގެ މަސައްކަތް ނުނިމި ލަސްވުމުން އެމްޓީޑީސީއާއެކު ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރި އެވެ. އަލުން އެ ރަށް އެ ކުންފުންޏާ 50 އަހަރަށް ހަވާލުކުރީ 2017 ވަނަ އަހަރުގެ އޮގަސްޓުމަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައެވެ. https://sun.mv/210400 އޭގެ ފަހުން 2018 ވަނަ އަހަރު، އެމްޓީޑީސީން އެ ރަށް އިންވެސްޓަރަކަށް ވިއްކާލަން ވެސް ނިންމިއެވެ. ރައީސް ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ނައިވާދުއަށް ވަޑައިގެންވަނީ، އެ އަތޮޅުގައި ނުވެ އޮތް ކަމަކީ ފަތުރުވެރިކަން ކަމަށާއި، އެހެންކަމުން އެކަން ބަދަލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ