ފޮއްދޫ ސިއްހީ މަރުކަޒުގެ ބިންގާ އަޅައިފި

ނ. ފޮއްދޫ ސިއްހީ މަރުކަޒުގެ ބިންގާ އަޅައިފި އެވެ.ފޮއްދޫ ސިއްހީ މަރުކަޒުގެ ބިންގާ އަޅާފައިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮއްދޫގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.ސިއްޙީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.ފޮއްދޫ ސިއްހީ މަރުކަޒު އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ. އެއީ މަސައްކަތް ފަށާތާ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 268،780،72.4ރ. އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ