ގައިސްއަށް މެންބަރު ސައުދުﷲ އިންޒާރު ދިން މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅައިފި ގައިސްއަށް މެންބަރު ސައުދުﷲ އިންޒާރު ދިން މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ގައިސްއަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އިންޒާރުދިން މައްސަލައެއް ފުލުހަށް އިއްޔެ ހުށަހަޅައިފި އެވެ.
ފޭސްބުކްގައި ސައުދުﷲ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައިސްގެ މައްޗަށް އިސްލާމީ ޝަރީއަތުގެ ރަނގަޅު ތަހުގީގެއް ހިންގައިފިނަމަ، ހަތަރެސްފަޔާއެކު ބޯވެސް ބުރިކުރަން ޖެހިދާނެ ކަމަށެވެ.
"މި އަހުމަދު ގައިސްއަކީ ކޮންކޮން/ކިހާވަރެއްގެ ޖަރީމާތަކެއް ހިންގި މީހެއްކަން އިނގެނީ ކިތައް މީހުންނަށް؟ ރަނގަޅަށް ތަހުގީގެއް ހިންގާ އިސްލާމީ ޝަރީއަތެއް ހިންގައިފިއްޔާ ހަތަރެސްފަޔާއެކު ބޯވެސް ބުރިކުރަން ޖެހޭނެ ކަންނޭނގޭ،" އޭނާ ވިދާޅުވި އެވެ.
ސައުދުﷲ މިހެން ވިދާޅުވީ އޭނާއަކީ ބަނގުރޫޓުވެފައިވާ މީހެއް ކަމަށް ގައިސް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވުމުގެ ގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މިކަމާ ގުޅިގެން ސައުދުﷲ އާ އަދަދު އިން ސުވާލުކުރުމުން ވިދާޅުވީ އޭނާ ފޭސްބުކްގައި ކުރި ޕޯސްޓަކީ އިންޒާރު ދިނުމުގެ ނިޔަތެއްގައި ކުރި ޕޯސްޓެއް ނޫން ކަމަށާއި އެއީ އިންޒާރެއް ކަމަށް ނުދެކޭ ކަމަށެވެ.
ފޭސްބުކްގައި އެފަދަ ޝުއޫރެއް ފާޅުކުރަން ޖެހުނީ ތަކުރާރުކޮށް ގައިސް އޭނާއަށް ފުރައްސާރަ ކުރަމުންދާތީ ކަމަށް ވެސް ސައުދުﷲ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ