ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފި
ނ. ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފި އެވެ.މި ހިދުމަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.ކެނދިކުޅުދޫގައި ބަހުގެ ހިދުމަތް ފައްޓަވާ ރައީސް މުއިއްޒު ވަނީ ބަހުގެ ހިދުމަތް ތަޖުރިބާ ކުރައްވާފަ އެވެ.މި ހިދުމަތާއެކު އާރުޓީއެލްގެ ދެ ބަސް އެރަށުގައި ދަތުރުކުރާނެ އެވެ. އެއީ 30 މީހުންގެ ޖާގައިގެ ބަހަކާއި 72 މީހުންގެ ޖާގައިގެ ބަހެކެވެ.އާރްޓީއެލްގެ ބަހުގެ ހިދުމަތް ކެނދިކުޅުދޫގައި ފަށާފައިވާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ އާބާދީގެ ގޮތުން، ބޮޑެތި ރަށްރަށާއި ސިޓީތަކުގައި ބަހުގެ ޚިދުމަތް އެމްޓީސީސީން އަންނަނީ ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ