މާލެ އާއި ހުޅުމާލޭގެ ބޮޑު ސަރައްދަކުން ކަރަންޓު ކެނޑިއްޖެ އެވެ.
މާލެ އާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނީ މިރޭ 11:45 ހާއިރު އެވެ.
އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި ކަމަށެވެ.
"ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ދެނަގަނެ، ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މައާފަށް އެދެން،" ސްޓެލްކޯއިން ބުންޏެވެ.
މާލެ އާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައި މިރޭ ވާއިރު، މިދިޔަ ޖޫން 1، ގައި ވެސް މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނެވެ. އެ ދުވަހު ދިމާވި މައްސަލް ހައްލުކޮށް ކަރަންޓު ދެވުނީ ހައެއްކަ ގަޑިއިރު ފަހުން އެ ދުވަހުގެ އިރުއޮއްސުނު ފަހުންނެވެ.
އެ ދުވަހު ކަރަންޓު ކެނޑުނު ސަބަބު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އަންގަވައިގެން ފުލުހުން ޖިނާއީ ތަހުގީގެއް ވެސް ހިންގަން ފެށި އެވެ. ނަމަވެސް އެ ތަހުގީގުގެ އެއްވެސް މައުލޫމާތެއް ފުލުހުން މިހައިތަނަށް ހާމައެއް ނުކުރެ އެވެ.
މާލެ އާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ މާލެ އާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ