ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދަށް، ސިންގަޕޫރު ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދަންނަވައިފިއެވެ. މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރުގެ ފޮރިން މިނިސްޓްރީއަށް ވަޑައިގަތުމުން މަރްޙަބާ ވިދާޅުވީ، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި އެ މަނިކުފާނުގެ އަނބިކަނބަލުން މިސް ޖޭން އިޓޯގީ ޝަންމުގަރަނަމްއެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، އެ މަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފުގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވައިފައެވެ. އެއަށްފަހު، ދެ ޤައުމުގެ އިސް އޮފިޝަލުން، އެއް ޤައުމުން އަނެއް ޤައުމުގެ އެންމެ އިސްވެރިންނަށް ތަޢާރަފުކޮށް އެރުވުންވެސް އޮތެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅު ކުރިއަށްދާނީ ޖޫން މަހުގެ 29 އިން އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ސިންގަޕޫރު ސަރުކާރުން ރަސްމީގޮތުން މަރްޙަބާ ދަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ