ހަނިމާދޫ އެއާޕޯޓުގެ %88 މަސައްކަތް ނިމިފައި؛ އެއްކޮށް ނިމޭނީ ސެޕްޓެމްބަރަށް

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ސެޕްޓެމްބަރު މަހަށް ނިމޭނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވަނީ ހަނިމާދޫ އެއާޕޯޓުގެ އެންމެ ފަހުގެ މަސައްކަތްތައް ފެންނަ ފޮޓޯތަކާ އެކު އެ މަސައްކަތް ގޮސްފައިވާ ހިސާބު ހިއްސާކުރައްވައިފަ އެވެ.
ތަފްސީލް - މުއްތޮލިބު ވިދާޅުވީ އިންޑިއާގެ އެގްޒިމް ބެންކުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް ގެންގޮސް ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެ ކަމަށެވެ. އެގޮތުން:
ޖުމްލަ ޕްރޮޖެކްޓުގެ %88.7 ވަނީ ނިމިފައި
އާ ރަންވޭގެ މަސައްކަތް އެއްކޮށް ނިމިފައި
ޓާމިނަލްގެ %83 މަސައްކަތް ނިމިފައި
އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ހެނގަރު އަދި ކާގޯ އިމާރާތުގެ %96 ނިމިފައި
މަޝްރޫއުގެ އަގަކީ 136 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ)
މަޝްރޫއު ހިންގަނީ އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން
 2.46 ކިލޯމީޓަރުގެ ދިގު ރަންވޭއެއް ހިމެނޭ
އާ ޓާމިނަލުން އަހަރަކު 1.3 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ
އޭ320 އަދި ބޮއިން 737 މަރުކާގެ ބޯޓުތަކަށް ބޭނުންކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ