އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ހުށަހަޅައިފި
އެމްޑީޕީގެ ޗެއާޕާސަން ހޮވާ އިންތިހާބާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބު ބާއްވަން ފައިސާއެއް ނެތް ކަމަށާއި އަދި މިވަގުތު އެ ދެ އިންތިހާބު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލިދާނެ ކަމަށް ބުނެ ރިޔާސީ ޕްރައިމަރީގެ ފަހަށް، އެ ދެ އިންތިހާބު ތާވަލުކުރަން ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުށަހަޅުއްވައިފި އެވެ.މަޖިލިހުގެ ހަނިމާދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ގަޕޯ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޗެއާޕާސަން އިންތިހބާއި ގައުމީ މަޖިލިސް އިންތިހާބު މިވަގުތު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށެވެ. ދެވަނަ ކަމެއްގެ ގޮތުގައި ގަޕޯ ފާހަގަ ކުރެއްވީ ދެ އިންތިހާބު ބާއްވަން ފައިސާ ނެތުމެވެ.އެގޮތުން، ދައުލަތުގެ ބަޖެޓުން އެ ޕާޓީއަށް ލިބެން ޖެހޭ ފައިސާ އަދިވެސް ލިބިފައި ނުވާ ކަމަށް ގަޕޯ ވިދާޅުވިއެވެ."މި އަހަރު ސަރުކާރުން ލިބެން ޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައި ނުވާތީ ޕާޓީ ހިންގުމަށާއި އިންތިހާބް ބާއްވާނެ އެއްވެސް ފައިސާ އެއް ޕާޓީއަކު ނެތެވެ،" ގަޕޯގެ މެސެޖްގައިވެ އެވެ.ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމާއި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. ނަމަވެސް މީގެ ކުރިން އެ މަގާމަށް ވާދަކުރައްވާނެކަން ހަމަކުރެއްވި އަލްހާން ފަހުމީ މިހާރު ވަނީ ވާދަނުކުރައްވާނެކަން ހާމަކުރައްވައިފައެވެ.ޗެއާޕާސަންގެ އިންތިހާބުގެ ވާދަވެރިކަން އެމްޑީޕީގެ އެތެރޭގައި ބޮޑުވެފައިވާއިރު ނަޝީދުގެ ފެކްޝަނުން ވަނީ "ބޮޑު ބަދަލު"ގެ ނަމުގައި ކެމްޕެއިނެއް ފަށާފަ އެވެ. އެގޮތުން، ނަޝީދަށް ތާއިދުކުރައްވައި އެ މަނިކުފާނާ އެކުގައި ހުންނެވިކަން ކުރީގެ އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ އިއުލާނުކުރައްވައިފައެވެ. "ބޮޑު ބަދަލު" މި ނަމުގައި ނަޝީދާއި ފައްޔާޒް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ބޭފުޅުން ތަފުސީލާ އެކު، ހުށަހެޅުއްވީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ގެނައުމަށް ހުށަހަޅާ ބޮޑެތި ބަދަލުތަކެކެވެ. އޭގެ ތެރެއިން އެއް ކަމަކީ ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމަކަށް ބަދަލު ކުރުމެވެ.ނަޝީދާ ވާދަކުރައްވާ މީކާއީލް ވެސް ދަނީ "އިތުބާރު"ގެ ނަމުގައި ކެމްޕެއިން ލޯންޗުކޮށް، ވާދަވެރި ކެމްޕެއިނެއް ކުރައްވަމުންނެވެ. މަޖިލީހުގެ ޕީޖީ މެންބަރުން ވަނީ މީކާއީލަށް ތާއީދުކުރައްވައިފަ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ