ފަސޭހަކަމާއެކު ނޭޕާލް ޕޮލިސް ބަލިކޮށް އިރާނުގެ ސެޕަހާން ސެމީއަށް
ކާވާ ވިމެންސް ލީގު 2026 ގައި ނޭޕާލް ޕޮލިސް ކުލަބު ސީދާ ތިން ސެޓުން ބަލިކޮށް އިރާނުގެ ފޫލާދު ސެޕަހާން، މުބާރާތުގެ ސެމީފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ. އިރާނުން ސެމީގެ ޖާގަ ކަށަވަރުކުރީ ގްރޫޕް ބީގައި މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެގެންނެވެ. ނޭޕާލް ޕޮލިސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. ކާވާ ވިމެންސް ލީގުގައި ނޭޕާލް ޕޮލިހާއި އިރާނުގެ ފޫލާދު ސެޕަހާން ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު ޢަބްދުﷲ ފުރަތަމަ މެޗުގައި އިރާނު ޓީމު ވަނީ ހުރާ ކޮމިއުނިޓީ ކުލަބު 3-1 ސެޓުން ބަލިކޮށްފައެވެ. ދެވަނަ މޮޅު ހޯދީ ނޭޕާލް ޕޮލިސް ކުލަބުގެ މައްޗަށް ތިން ސެޓުން ކުރިހޯދައިގެންނެވެ. މެޗުގެ ސެޓުތައް އިރާނުން ކާމިޔާބުކޮށްފައިވަނީ 25-14، 25-15 އަދި 25-18 އިންނެވެ. މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި ސެޕަހާން އޮތީ ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ހުރާ ކޮމިއުނިޓީ ކުލަބާއި ތިންވަނައިގައި އޮތް ނޭޕާލް ޕޮލިސް ކުލަބު އޮތީ ތިން ޕޮއިންޓާއެކު އެވެ. ދެން މި ގްރޫޕުން ސެމީގެ ޖާގަ ލިބެން އޮތީވެސް މި ދެ ޓީމަށެވެ. ދެ ޓީމު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ސެމީން ފުރުސަތު ލިބޭނެއެވެ. ފުލުގައި އޮތް ހޫމޯ ވީސީއަށް ދެން އޮތީ ހަނި ފުރުސަތެކެވެ. އެއީ ސެޕަހާން އާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް، އަދި ހުރައާއި ނޭޕާލް ކުޅޭ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ. ގްރޫޕް ބީގެ ޕޮއިންޓު ޓޭބަލް މި މުބާރާތުގައި ނޭޕާލް ޕޮލިސް ކުލަބު ހިމެނެނީ ހުރައާއި ހޫމޯގެ އިތުރުން އިރާނުގެ ސެޕަހަން އާއެކު ގްރޫޕް ބީގައެވެ. ގްރޫޕް އޭގައި ހިމެނެނީ ރާއްޖޭގެ ކުލަބު ވެމްކޯއާއި ސްރީ ލަންކާގެ ހިރްދަމާނީ ސްޕޯޓްސް ކުލަބާއި ކަޒަކިސްތާނުގެ ތުރާން ވީސީއެވެ. މާލޭގެ ސޯޝަލް ސެންޓަރުގައި މުބާރާތް ކުރިއަށްދާނީ މިމަހުގެ ހަތަރަކުން ދިހައެއްގެ ނިޔަލަށެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މުބާރާތުގެ ފޯމެޓު ރޭވިފައިވާ ގޮތުން ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ލިބެއެވެ. ކާވާ ވިމެންސް ލީގުގައި ނޭޕާލް ޕޮލިހާއި އިރާނުގެ ފޫލާދު ސެޕަހާން ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު ޢަބްދުﷲ ސެމީ ފައިނަލުން ބަލިވާ ދެ ޓީމަށް ބްރޮންޒް މެޑަލް މެޗު ލިބޭއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ފެބްރުއަރީ 10 ވަނަ ދުވަހުގެރޭ 20:30 ގައެވެ. މުބާރާތުގެ ފޯރިގަދަ މެޗުތައް ބެލުމަށް ޓިކެޓު ވިއްކާ އަގަކީ 25 ރުފިޔާއެވެ. ކޮންމެ މެޗެއް ފެށުމުގެ ގަޑިއެއްހާއިރު ކުރިން އެ މެޗެއްގެ ޓިކެޓު ވިއްކަން ފަށާނެއެވެ. ޓިކެޓު ދޫކުރާނީ އެކަމަށް ހާއްސަކޮށް ސޯޝަލްގައި ޤާއިމުކޮށްފައިވާ ކައުންޓަރުންނެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. އެހެންކަމުން މުބާރާތުގެ ހުރިހާ މެޗެއް އެސްއެސް ޓީވީގެ އިތުރުން ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ. މުބާރާތުގެ ހުރިހާ މެޗަކާއެކު ކަވަރޭޖު ގެނެސްދެނީ ގިނަ ސްޕޮންސަރުންތަކެއްގެ އެހީތެރިކަމާއެކު އެވެ. އެގޮތުން ރެޑްސްޓާ، ސްޕެޑިކޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް، އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ފާހަގަކޮށްލެވެއެވެ. ދެން ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ އޯލް އިން އޯލް އިންވެސްޓްމަންޓް، ތިބްޔަން ޕްރީސްކޫލް، ޕްރޮވިޑެންސް ޕްރައިވެޓް ލިމިޓެޑް، މަމަކް، ޝަވަރުމާޝީ އަދި ފިނިޓް އިންވެސްޓްމަންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ