ދެން އޮންނަ މުބާރާތެއްގައި އިންޑިއާ އާއި ކުރިމަތިލާނީ ވަރުގަދަކޮށް: ބޫޓާން

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ފައިނަލްގެ އުންމީދުގައި ވަރުގަދަ އިންޑިއާއި ކުރިމަތިލި ބޫޓާން ޓީމަށް މި މެޗުގައި އުނދަގޫތަކާއި ކުރިމަތިވީ "ގޭމް އިންޓެންސިޓީ" ވަރަށް މަތިވުމުން ކަމަށް ބޫޓާންގެ ކޯޗު ކަރްމާ ޑެމާ ބުނެފިއެވެ.
ސެމީ ފައިނަލްގައި ބޫޓާންގެ މައްޗަށް 5-0 ން ކުރި ހޯދާ ފައިނަލްގެ ފަހު ޖާގަ ކަށަވަރު ކުރީ އިންޑިއާއެވެ. ފައިނަލްގައި އިންޑިއާ ނިކުންނާނީ މިއުމުރުފުރާގެ އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝް އާއި ދެކޮޅަށެވެ.
ބޫޓާނުން މި މުބާރާތާއި ކުރިމަތިލީ ޖަޕާނުގެ ތަޖުރިބާރު ކާރު ކޯޗެއްގެ ޓެކްނިކަލް އިރުޝާދުގެ ދަށުންނެވެ. މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މުބާރާތުގައި ޑެމާ ބުނީ ކުޅުންތެރިން އިންޑިއާއަށް ދެކޮޅަށް ކުޅުނު މެޗުގައި އެންމެ ރަނގަޅު ކުޅުން ދައްކަން ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރި ކަމަށެވެ.
އެހެންނަމަވެސް މި މެޗުގައި އިންޑިއާއިން ޖެހި ދިގު ބޯޅަތަކާއި އިންޑިއާއިން ގޭމާއި ކުރިމަތިލި ގޮތުން ކުޅުންތެރިންނަށް އުނދަގޫތަކާއި ކުރިމަތިވިކަމަށް ސެމީ ފައިނަލާއި ހަމައަށް ބޫޓާން ގެނެސްދިން ކޯޗު، ޑެމާ ބުންޏެވެ.
"ކުރީ ދެ މެޗާއި އަޅާކިޔާއިރު މިއަދު ގޭމް އިންޓެންސިޓީ ވަރަށް މަތި، މި މެޗުން ފިލާވަޅުތަކެއް ލިބިއްޖެ، ދެން ފަހަރުން އަހަރުން އިންޑިއާއާއި ދެކޮޅަށް ނިކުންނާނީ ވަރުގަދަކޮށް" ކަރްމާ ޑެމާ ބުންޏެވެ.
ޑެމާ ބުނީ އަދި ބޫޓާނުގެ ފެންވަރު މަތިކުރުމަށް ބައިވަރު މަސައްކަތް ކުރަންޖެހޭ ކަމަށާއި، އެހެންނަމަވެސް ފާއިތުވި އަހަރުތަކާއި އަޅާބަލާއިރު ކުޅުންތެރިން ވަރަށް ބޮޑަށް ކުރިއަރައިފިކަން މި މުބާރާތުގައި ފާހަގަ ކުރެވިއްޖެކަމަށެވެ.
މުސްތަގުބަލުގައި މި ޓީމު ރަނގަޅުވާނެ ކަމަށާއި، މިހާރަށްވުރެ ރަނގަޅު ނަތީޖާއެއް އޭއެފްސީ މުބާރާތްތަކުން ނެރޭނެ ކަމަށްވެސް ޑެމާ ބުންޏެވެ. ބޫޓާން ވަނީ މުބާރާތުގައި ކުޅުނު ދެ މެޗުން މޮޅުވެ 4 ޕޮއިންޓާއެކު ގުރޫޕް އޭގެ 2 ވަނަ މަގާމު ހޯދާފައެވެ. މުބާރާތުގައި ކުޅުނު މެޗުތަކަށް ބަލާއިރު ސްރީލަންކާ އަތުން ބޫޓާން ވަނީ 1-0 ން މޮޅުވެފައެވެ. އަދި ރާއްޖެއާއި ދެކޮޅަށް ކުޅުނު މެޗު ލަނޑެއްނުޖެހި އެއްވަރުވިއިރު، ނޭޕާލާއި ދެކޮޅަށް ކުޅުނު މެޗުން 1-2 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ.
ޑެމާ ބުނީ މުބާރާތުގައި ޓީމު ގެނެސްދެވުނު ހިސާބާއި ދެމު ހިތްހަމަ ޖެހޭ ކަމަށާއި، ދެން އޮންނަ މުބާރާތެއްގައި އިންޑިއާއާއި ދެކޮޅަށް ނިކުންނާނީ ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ