މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުފަތުރަށް އައިސްފައިވާ މަޑުޖެހުމާއެކު ރާއްޖޭގައި ތިބި 4،929 ފަތުރުވެރިޔަކަށް އަސަރުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ އިއްޔެ އާއި މިއަދު ގިނަ ފްލައިޓުތައް ކެންސަލްވުމުގެ ސަބަބުން ނުފުރި ތިބި ފަތުރުވެރިންނަށް އިތުރު ގޮތްތައް ހޯދައިދެމުން އަންނަ ކަމަށެވެ.
ތަފްސީލް - މިނިސްޓަރު ވިދާޅުވީ އިއްޔެ މެދުއިރުމަތީގެ ހާލަތު ގޯސްވެ، ފްލައިޓުތައް ކެންސަލްވި އިރު ގިނަ ބަޔަކު ފުރަން އެއާޕޯޓަށް ގޮސްތިބި ކަމަށާއި އެ ފަތުރުވެރިންނަށް ދިމާވި އުނދަގޫތަކާއި ގޮންޖެހުންތައް ހައްލުކޮށް އެމީހުންމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
"ޓޯޓަލް އަސަރުކޮށްފައި މިވަނީ ގާތްގަނޑަކަށް 4،9،29 ފަތުރުވެރިންނަށް. އަޅުގަނޑުމެން މިހާރު ވެސް މިދަނީ އެއާލައިންތަކާ ވެސް ގާތުން މަސައްކަތް ކުރަމުން،" ތޯރިގު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެއާޕޯޓުގެ ތޮއްޖެހުން ކުޑަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޓޫރިޒަމް އިންޑަސްޓްރީއާ ގުޅިގެން މިނިސްޓްރީން ގިނަ މަސައްކަތްތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
"ރާއްޖެ އަންނަ ފަތުރުވެރިންނަށް ވީހާ ވެސް ރަނގަޅަށް ކަންތައްތައް ކޮށްދެވޭތޯ މަސައްކަތް ކުރަމުން މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.
އެއާޕޯޓުގައި މަޑުކުރި މުވައްޒަފުންނަށް ފަސޭހަ ގޮތްތައް އެމްއޭސީއެލް އާއި ޓޫރިޒަމް މިނިސްޓްރީ އަދި ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ ހަމަޖައްސައިދީފަ އެވެ.
ގުޅުން ހުރި - މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި، ހާލަތުގެ އަސަރުތައް ކުޑަކުރުމަށް އިތުރު އެއާލައިންތައް ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.
އެ މިނިސްޓްރީން ބުނީ މެދުއިރުމަތިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ ރާއްޖޭގެ އިގްތިސޯދަށް، ހާއްސަކޮށް ފަތުރުވެރިކަމަށް މުހިއްމު ދަތުރުތަކެއްކަމަށާއި އެންމެ އިސް އަމާޒަކީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި ރާއްޖެން ބޭރަށް ދަތުރުކުރާ ދިވެހިންނަށް އަދި ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުން ކަމަށެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، ހާލަތުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުުރުމަށް ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އޭޝިއާ އަދި އިންޑިއާގެ އިތުރު އެއާލައިންތައް ރާއްޖެ ގެނައުމާ ގުޅޭ މަޝްވަރާތައް ކަމާ ގުޅުންހުރި ފަރާތްތަކާ އެކު ކުރަމުން އަންނަ ކަމަށެވެ.
ދަތުރުތައް ހުއްޓުމުގެ އަސަރު 4،000އަށް ވުރެ ގިނަ ފަތުރުވެރިންނަށް ކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ