ދުންފުހުގެ އަސަރު ބޮޑުވެ ދުރު ފެންނަ މިންވަރު ދަށްވެފައިވާތީ، ބޭރުތެރެއަށް ނުކުމެ އުޅުމުގައި ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މެޓުން މިއަދު ނެރުނު ސަމާލުގައި ބުނީ، ދުންފުހުގެ އަސަރު މިއަދު ރާއްޖޭގެ އުތުރާއި ދެކުނުގެ ހިސާބުތަކަށް ސިއްހަތަށް ގެއްލުންވާ މިންވަރަށް ކުރަމުންދާ ކަމަށެވެ.
ތަފްސީލް - މެޓުން ބުނީ:
މޫސުމާ ބެހޭ ރިޕޯޓުތަކުގައި ދުރު ފެންނަ މިންވަރު 3 ކިލޯމީޓަރަށް ވުރެ ދަށުން ރިޕޯޓުކުރަމުންދޭ
ކުރިއަށް އޮތް ހަތަރު ދުވަހު ވެސް އިރުއުތުރުން އަންނަ ވަޔާ އެކު، ދުންފުހުގެ އަަސަރު ރާއްޖެ މަތީގައި ހުންނާނެ ކަމަށް ބެލެވޭ
ބޭރުގައި އެކި ހަރާކްތަކުގައި އުޅޭ މީހުންނާއި ކަނޑުދަތުރުކުރާ މީހުން ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދެން
ވިލިމާލޭގައި ހުންނަ ސެންޓަ ފޯ މެރިޓައިމް ސްޑަޓީޒްގައި ގާއިމްކޮށްފައިވާ އެއާ ކޮލިޓީ މޮނީޓާ ސިސްޓަމުން ދައްކާ ގޮތުން މާލޭ ސަރަހައްދުގައި ވައިގެ ކޮލެޓީ މިއަދު ހުރީ 125ގަ އެވެ. މިއީ އޮރެންޖު އެލާޓު ނުވަތަ ސިއްހީ ގޮތުން އެންމެ ރަނގަޅު ނޫން މިންވަރަށް ވައި ނުސާފުވެފައި ހުރުމެވެ.
ނުރައްކާތެރި މިންވަރަކަށް މިފަހުން އެންމެ ބޮޑަށް ވައި ނުސާފުވެފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭރު ދުރު ފެންނަ މިންވަރު 2 ކިލޯމީޓަރަށް ވުރެ ދަށްވެފައިވެ އެވެ.
މިއަދުގެ މޫސުން މެޓުން ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާ އެކު ގުގުރާނެ އެވެ. އަދި ދެކުނުގެ ބައެއް ރަށްތަަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވެ އެވެ. އެކަމަކު އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ އެވެ.
މެޓުން ބުނި ގޮތުގައި:
އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވާނެ
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ
ރާޅުގެ އުސްމިން އުޅޭނީ 2 ފޫޓާއި 5 ފޫޓުގައި
އިއްޔެއިން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވެފައިވާއިރު، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން އައްޑުއަށް މެޓުން މިއަދު ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.
ކުރިއަށް އޮތް 4 ދުވަހު ވެސް ވައި ނުސާފުވާނެ؛ ސަމާލުވާން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ