ޕެންޝަން އޮފީހުގެ ބޯޑަށް ޗެއަރޕަރސަނެއް ހޯދަނީ

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަން ކަމުގެ މަޤާމުގައި ހުންނެވި ޑރ. އަހުމަދު އިނާޒް މަޤާމުން އިސްތިއުފާ ދެއްވުމުން ޗެއަރޕަރސަނެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
ޕެންޝަން އޮފީހުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމް ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލާ ކަމަށެވެ. އެގޮތުން ޗެއަރޕަރސަން ކަމުގެ މަޤާމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މިހިނގާ ފެބްރުއަރީމަހުގެ 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލިޔުންތަކާއެކު އެކަން ހުށަހެޅުމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.
އެ އޮފީހުން ބުނީ ޗެއަރޕަރސަން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ޤާނޫނުގައި ވާގޮތުގެ މަތީން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން 3 ނަން ޝޯޓްލިސްޓް ކުރެއްވުމަށްފަހު، ކެޕިޓަލް މާރކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ޔަޤީންކުރެވޭނޭ ކަމަށެވެ.
ޕެންޝަން އޮފީހުގެ ޗެއަރޕަރސަން ކަމުގެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރި، އިޤްތިޞާދީ ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކޮށްގެން ހުރި މީހަކަށް ވާންޖެހެއެވެ. މީގެ އިތުރު ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތުގެ ތަޖުރިބާވެސް ހުންނަން ޖެހެެވެ.
ޕެންޝަން އޮފީހުގެ ޗެއަރޕަރސަން ކަމުގެ މަޤާމުގައި ހުންނެވި ޑރ.އީނާޒް މަޤާމުން އިސްތިއުފާދެއްވި ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ބޮންޑުގެ މައްސަލައިގައި އެއްގަލަކަށް ނޭރިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ