16 ގައުމުން ބައިވެރިވި އަސްކަރީ މުބާރާތަކުން ދިވެހި ސިފައިންގެ ޓީމުން ރަން މެޑަލް ހާސިލްކޮށްފި
ޖުމްލަ 16 ގައުމަކުން ބައިވެރިވި ޕެޓްސް މުބާރާތުގައި ބައިވެރިވި ދިވެހި ސިފައިންގެ ޓީމުން ރަން މެޑެލް ހާސިލުކޮށްފިއެވެ. މިއީ ޕާކިސްތާނުގައި ބޭއްވި ނުވަަ ވަނަ "އިންޓަނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް" (ޕެޓްސް) ކޮމްޕެޓިޝަން 2026" ވަނަ މުބާރާތެވެ. އެމްއެންޑީއެފްއިން ބުނީ، ފެބުރުވަރީ މަހުގެ ފަސްވަނަ ދުވަހުން ހަތްވަނަ ދުވަހަށް ޕާކިސްތާންގެ ނޭޝަނަަލް ކައުންޓާ ޓެރެރިޒަމް ސެންޓާ، ޕަބި، ގައި ކުރިއަށްދިޔަ މި މުބާރާތުގައި 16 ޤައުމެއްގެ އަސްކަރިއްޔާއިން 24 ޓީމެއް ބައިވެރިވެފައި ވާކަމަށެވެ. 16 ގައުމުން ބައިވެރިވި ޕެޓްސް މުބާރާތުގައި ދިވެހި ސިފައިންގެ ޓީމުން ރަން މެޑަލް ހާސިލްކޮށްފި -- ފޮޓޯ: އެމްއެންޑީއެފް އެމްއެންޑީއެފްއިން ބުނީ އެ މުބާރާތުގައި އެމްއެންޑީއެފުން ބައިވެރިވި ޓީމްގައި ހިމެނެނީ ސްޕެޝަލް ފޯސަސްގެ 15 ސިފައިން ކަމަށެވެ. ޓީމުގެ މެނޭޖަރަކީ ލެފްޓިނަންޓް މުޙައްމަދު ނީވީން އަދި އޮބްޒާވަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ކާނަލް މުޙައްމަދު ނާޡިމް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. ޕާކިސްތާން އަސްކަރިއްޔާއިން ކުރިއަށްގެންދާ "ޕެޓްސް ކޮމްޕެޓިޝަން" އަކީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ. އެގޮތުން މި މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި އެކިއެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. 16 ގައުމުން ބައިވެރިވި ޕެޓްސް މުބާރާތުގައި ދިވެހި ސިފައިންގެ ޓީމުން ރަން މެޑަލް ހާސިލްކޮށްފި -- ފޮޓޯ: އެމްއެންޑީއެފް އެމްއެންޑީއެފްއިން ބުނީ، ބޭރުގެ ގިނަ އަސްކަރިއްޔާތަކަކާ ވާދަކޮށް، ދިވެހި އަސްކަރިއްޔާއިން މި ފަޚުރުވެރި ކާމިޔާބީ ހާސިލުކޮށްފައި ވަނީ، ދިވެހިރާއްޖެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަމާއި ދިވެހި ސިފައިންގެ ހުނަރުވެރިކަން މަތިކޮށް، ތަރައްޤީކުރުމަށް ދެއްވާ ޚާއްސަ ސަމާލުކަމާއި، ދެއްވާ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ