ވިޒިޓް މޯލްޑިވްސްގެ ބޯޑަށް އިތުރު ހަތަރު މެމްބަރުން އައްޔަންކޮށްފި

- ހުދާ ފަހީމް (ވިލަރެސް، ކ. ތުލުސްދޫ)
- އާއިޝަތު މަލްހާ (ރަސްވެލި، ރ. ރަސްގަތީމް)
- އަލީ ސިނާން (މއ. ރިހިރާޅު)
- އާއިޝަތު އަލީ (މ. ވާރޭވިލާ)
މިހާރު ބޯޑުގައި ތިއްބަވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ކުންފުނީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒާއި، ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއެވެ. މީގެ އިތުރުން ނަން-އެގްޒެކެޓިވް މެންބަރުންގެ ގޮތުގައި މާހާ ނަސީރާއި، އާމިނަތު ވުލާއު މުހައްމަދު ނާޒިމާއި، އަބްދުލްސަމީއު އިމާދާއި، އާއިޝަތު ހަމީދުގެ އިތުރުން ސަބީހާ އަހުމަދު ހިމެނިވަޑައިގަންނަވައެވެ.
ވިޒިޓް މޯލްޑިވްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ސިންދަފާތުކުރުމަށް އިސްތިރާޖީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައިބަދައެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކުގެ ތެރޭގައި ރާއްޖެއަކީ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ދެމެހެއްޓުމެވެ. މިގޮތުން، މާކެޓިންގ، ޕްރޮމޯޝަން އަދި އިޝްތިހާރުކުރުމުގެ އެންމެހައި މަސައްކަތްތައް ސީދާގޮތުންނާއި އިސްތިރާޖީގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއް ނެތި ކުރުމަށް މި ކުންފުނިން އިސްކަންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ