މިރޭ ވެސް މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ މާފަންނުގެ ބައެއް ސަރަހައްދުތަކުން މިރޭ ވެސް ކަރަންޓު ކެނޑިއްޖެއެވެ. ސްޓެލްކޯއިން 21:22ހާއިރު ހިއްސާކުރި މެސެޖެއްގައި ވަނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި ދިމާވި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ކުންފުނިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ކަރަންޓު ކެނޑިފައިވަނީ އެއް ޓްރާންސްފޯމަރުން ކަރަންޓު ދޭ ސަރަހައްދަކަށް ކަމަށާއި، މައްސަލަ ދެނެގަނެވި، ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ރޭ 22:29ހާއިރު ވެސް ސްޓެލްކޯއިން ވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާފަންނުން ކަރަންޓު ކެނޑިފައިވާ ކަމަށް ބުނެފައެވެ. އެ ކުންފުނިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ކަރަންޓު ކެނޑުނީ މާފަންނު މަދަރުސާ ކައިރީގައި ހުންނަ ޓްރާންސްފޯމަރެއްގެ ސަބަބުން ކަމަށާއި ޚިދުމަތް ކެނޑުނީ ކުޑަ ސަރަހައްދަކަށް ކަމަށް ބުނެފައެވެ. https://x.com/STELCOMALDIVES/status/2048437544447332651 އިއްޔެ މެންދުރުފަހު 14:00 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވަރަށް ގިނަ ޓަވަރުތަކަކުން ވެސް ކަރަންޓު ކެނޑުނެވެ. އޭގެ ތެރޭގައި ހިޔާ ޓަވަރުތަކާއި އެމްޕީއެލް ޓަވަރުތަކާއި ފަހި ދިރިއުޅުން ޓަވަރުތައް ވެސް ހިމެނުނެވެ. އެ މައްސަލަ ހައްލުކޮށް، ކަރަންޓު ދެވުނީ އޭގެ ހަތަރު ގަޑިއިރެއްހާއިރު ފަހުންނެވެ. ސްޓެލްކޯއިން ވަނީ އެ މައްސަލަ ދިމާވީ މަގެއް ކޮންނަނިކޮށް ކަރަންޓު ކޭބަލަކަށް ގެއްލުންވެގެން ކަމަށް ބުނެފައެވެ. https://sun.mv/221110 ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމެންޓުތަކުން މި މަހުގެ 12 ވަނަ ދުވަހު ވެސް ކަރަންޓު ކެނޑުނީ، ކަރަންޓު ދެވުނީ އަށް ގަޑިއިރު ފަހުންނެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހާއި އޮގަސްޓު މަހުގެ ނުވަވަނަ ދުވަހު ވެރިކަން ކުރާ މުޅި މާލެއާއި ހުޅުމާލެއިން އެއްކޮށް ކަރަންޓް ކެނޑި, ބްލެކްއައުޓްއަކަށް ދިޔައެވެ. މިއީ ރާއްޖޭގެ އާބާދީގެ 40 ޕަސެންޓް މީހުން ދިރިއުޅޭ މި ސަރަހައްދުން ކަރަންޓު ކެނޑުމަކީ ގިނަ ބަޔެއްގެ ކަންބޮޑުވުމެކެވެ. އަދި އެފަދަ މައްސަލަތައް ތަކުރާރުވުމުން، ކަރަންޓު ސާމާނަށް ގެއްލުންވުން ފަދަ ކަންކަން ކުރިމަތިވުމުގެ ނުރައްކާ އޮވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ