އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލޭގެ މަގުތައް މަރާމާތުކޮށް ތަރައްޤީ ކުރުމުގެ މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އަދި ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަމަށް ވީހާވެސް ބުރޫ ނާރާނެ ގޮތަކަށް ބަލައިގެން ކަމަށް ވެސް ވިދާޅުވިއެވެ.
އެޗްޑީސީން އިތުރަށް ބުނީ، މި މަޝްރޫޢަކީ ހުޅުމާލޭ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށެވެ. ހަމަ އެ ނޫސްބަޔާނުގައި، މި މަޝްރޫޢާ ގުޅިގެން ޢާންމުންނަށް ކުރިމަތިވެދާނެ ދަތިތަކަށްޓަކައި ކޯޕަރޭޝަނުން ވަނީ ޢާންމުންގެ ކިބައިން މަޢާފަށް ވެސް އެދިފައެވެ.
މި މަރާމާތުގެ މަސައްކަތްތަކުގެ އިތުރުން، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4،000 ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް ވެސް ކުރަމުން ދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ.
ހުޅުމާލޭގެ މަގުހަދާ ސަރަހައްދުތަކަށް ނުވަނުމަށް އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ