އޭޝިއަން ބީޗް ގޭމްސް: 5 ކިލޯމީޓަރުގެ ފެތުމުގައި އަޔާނާ، އަންޖަލް، ޑެނިއަލް އަދި ޝަޔަމް ވާދަކޮށްފި

ޗައިނާގެ ސަންޔާގައި މިހާރު ކުރިއަށްދާ 6 ވަނަ އޭޝިއަން ބީޗް ގޭމްސްގައި، ރާއްޖޭގެ ހުނަރުވެރި ހަތަރު ފެތުންތެރިއަކު އޯޕަން ވޯޓާ ސްވިމިންގެ 5 ކިލޯމީޓަރު އިވެންޓުގައި ވާދަކޮށްފިއެވެ. މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ފެތުންތެރިންނަކީ: އަޔާނާ އަރީފް ފާތިމަތު އަންޖަލް ފަޔާޒް ޝަޔަމް އިބްރާހީމް ހުސައިން ޑެނިއަލް އަމީން ފައިސަލް މި މުބާރާތުގެ އަންހެން ފެތުންތެރިންގެ ހީޓްތައް އިއްޔެ ބޭއްވުނުއިރު، ފިރިހެން ފެތުންތެރިންގެ ރޭސްތައް ކުރިއަށްދިޔައީ މިއަދުއެވެ. އޯޕަން ވޯޓާ ސްވިމިންގެ 5 ކިލޯމީޓަރު އިވެންޓުގައި ދިވެހި ފެތުންތެރިން-- ފޮޓޯ: އެމްއޯސީ އޭޝިއާގެ އެންމެ މަތީ ފަންތީގެ އެތުލީޓުންނާ ދެކޮޅަށް ފަތަން ލިބުނު މި ފުރުސަތަކީ، ދިވެހި ފެތުންތެރިންގެ ކެރިއަރުގައި ލިބުނު މުހިއްމު ތަޖުރިބާއެއްގެ ގޮތުގައި އެ ފަރާތްތަކުން ފާހަގަކުރެއެވެ. ޚާއްސަކޮށް ރާއްޖޭން ބޭރުގެ މާހައުލެއްގައި މިފަދަ ބޮޑު ރޭހެއްގައި ވާދަކޮށްލަން ލިބުމަކީ، ކުރިމަގުގައި ހުނަރު ތަރައްގީކުރުމަށް ލިބުނު ފަހި ފުރުސަތެއްކަމަށް އެތުލީޓުން ބުނެފައިވެއެވެ. އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ ފެތުންތެރިން ދެން އެންމެ އަވަހަށް ފެނިގެންދާނީ މާދަމާ އޮންނަ 4 ގުނަ 1.5 ކިލޯމީޓަރުގެ މިކްސް ރިލޭ އިވެންޓުންނެވެ. މިއީ ޓީމެއްގެ ގޮތުގައި ރާއްޖޭގެ ފެތުންތެރިން އެކުގައި ވާދަކުރާނެ ފޯރިގަދަ އިވެންޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ