އާދަމް ޝަރީފާއި ތޯރިގު އަދި ދިޔާނާ، އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރައްވައިފި

ކުރީގެ މިނިސްޓަރުން ކަމަށްވާ އާދަމް ޝަރީފް އުމަރާއި ތޯރިގު އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު، އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރައްވައިފިއެވެ.
އާދަމް ޝަރީފާއި ތޯރިގު އަދި ދިޔާނާ، މަގާމުތަކަށް އައްޔަންކުރައްވާފައިވާކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ލޯކަލް ކައުންސިލު އިންތިހާބަށްފަހު ކެބިނެޓުން އިސްތިއުފާދެއްވި ދިހަ ބޭފުޅުންގެ ތެރޭގައި އާދަމް ޝަރީފާއި ތޯރިގު ހިމެނިވަޑައިގަންނަވައެވެ. އާދަމް ޝަރީފް ހުންނެވީ ލޯކަލް ގަވަމަންޓު މިނިސްޓަރުކަމުގެ މަގާމުގައެވެ. މިހާރު އެ މިނިސްޓްރީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އުވާލައްވައިފައެވެ. އަދި ތޯރިގު ހުންނެވީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރުކަމުގެ މަގާމުގައެވެ.
ދިޔާނާ އަކީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ބައެއް ކެމްޕޭން ހަރަކާތްތަކުން ފެނިވަޑައިގެންނެވި ބޭފުޅެކެވެ. ހާއްސަކޮށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއްކޮށްލުމަށް ތާއީދުކޮށް، އެކަމާ މެދު ގާނޫނީގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ