އާދަމް، ތޯރިގު އަދި ދިޔާނާ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފި

ކުރީގެ ބަންޑާރަނައިބު ފާތުމަތު ދިޔާނާ ސައީދާއި، މި ސަރުކާރުގެ ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ފޮރިން މިނިސްޓްރީގެ މަގާމުތަކަށް އައްޔަންކުރައްވައިފި އެވެ.އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރެއްވީ އެކި ދުވަސް މަތީންނެވެ.މި މަގާމުގެ ކުރިން އާދަމް ޝަރީފް ހުންނެވީ ލޯކަލް ގަވަމެންޓް މިނިސްޓަރުގެ މަގާމުގަ އެވެ. އަދި ތޯރިގު އިބްރާހީމް ހުންނެވީ ޓުއަރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުގަ އެވެ. ސަރުކާރުގެ 10 މިނިސްޓަރުން މިދިޔަ 14 އޭޕްރީލްގައި މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިއިރު އޭގެ ތެރޭގައި އާދަމް ޝަރީފާއި ތޯރިގު ހިމެނިވަޑައިގަންނަވަ އެވެ.އެނގިފައިވާ ގޮތުގައި ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގު އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން ކުރެއްވީ މީގެ ދެ ދުވަހެއް ކުރިންނެވެ. ދިޔާނާ އަށް އެ މަގާމު ދެއްވީ މިއަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ