ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ އަންހެނުންގެ ގޮފީގެ ރައީސަކަށް ހީނާ ވަލީދު ހޮވައިފި އެވެ.
އޭނައާ އެކު އަންހެނުންގެ ގޮފީގެ ހިންގާ ކޮމިޓީގައި ޖުމްލަ 15 މެންބަރުން ހިމެނެ އެވެ. ޕީއެންސީގެ އަންހެނުންގެ ގޮފީގެ ރައީސަކަށް ހޮވުނު ހީނާ އަކީ ސަރުކާރުގެ ތަރުޖަމާނުގެ އިތުރުން އެންސްޕާގެ ސީއީއޯ އެވެ.
ޕީއެންސީގެ ޔޫތު ވިންގުގެ ހިންގާ ކޮމިޓީ އަށް ވެސް މެންބަރުން ހޮވާފައިވާ އިރު، އެ ކޮމިޓީގެ ރައީސަކީ ހަނާން މުހައްމަދު ރަޝީދެވެ. އޭނަ އަކީ ގުރައިދޫ ދާއިރާގެ މަޖިލީސް މެންބަރު ވެސް މެ އެވެ.
ޕީއެންސީގެ ރަޖިސްޓްރާގެ މަގާމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލު ހޮވިފައިވާ އިރު، ނައިބަކީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ޙަމްދާން ނާސިރެވެ.
ޕީއެންސީގެ އަންހެނުންގެ ގޮފީގެ ރައީސަކަށް ހީނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ