ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ލައިވްކޮށްދޭން ޔާމީން އެދިވަޑައިގެންފި

ރ. ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ލައިވްކޮށްދޭން ކުރީގެ ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން އެދިވަޑައިގެންފިއެވެ.
ފުއްގިރި މައްސަލައިގައި ޔާމީނުގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.
ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މިއަދު ކުރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު މިއަދުގެ އަޑުއެހުމަކީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތަކުގެ ތެރެއިން ފަހު އަޑުއެހުމެވެ.
Advertisement
އެ އަޑުއެހުމުގައި ޤާޟީ އަލީ ނަދީމްވަނީ ދިފާއީ ހެކި ރައްކާތެރިކޮށްދިނުމުގެ އަމުރެއް ނެރެދެއްވެން ނެތްކަމަށް ކަނޑައަޅުއްވާފައެވެ.
މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ވާހަކަ ދައްކަވަމުން ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެފައިވަނީ އެ މައްސަލައަކީ ރައްޔިތުންގެ ޙައްޤުތަކާ ގުޅުންހުރި ގިނަ ބައެއްގެ ޝައުޤުވެރިކަން ހުއްޓިފައިވާ މައްސަލައަކަށްވާތީ ވަގުތުން އެ މައްސަލައިގެ އަޑުއެހުންތައް ދުރަށް ދެއްކުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޑރ.ޖަމީލުގެ އެދިވަޑައިގަތުމާ ގުޅޭ ގޮތުން މައްސަލަ ބެއްލެވި ޤާޟީ އަލީ ނަދީމް އެއްވެސް ބަސްފުޅެއް ވިދާޅުނުވެއެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި އޮންނާނީ މައްސަލާގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން އެމަނިކުފާނުގެ އިފްތިތާހީ ބަޔާން އިއްވެވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ