މޫސުން ގޯސްވެ ގެއްލުން ލިބިގެން 11 ރަށަކުން 163 ފޯމް އެހީއަށް އެދި ހުށަހެޅި: އެންޑީއެމްއޭ

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މި އަހަރުގެ އެޕްރީލް މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި، ވައިގަދަވުމުގެ ސަބަބުން ރަށްތަކަށް ލިބުު ގެއްލުންތަކާއި ގުޅިގެން އެހީ ދިނުމަށް ކުރެވެމުންދާ މަސައްކަތުގެ އަދާހަމަ ހާމަކޮށްފިއެވެ.
އެގޮތުން އެންޑީއެމްއޭ އިން މިކަމާއި ގުޅިގެން ހިއްސާ ކުރި ތަފާސްްހިސާބުތަކާއިއެކު ބުނެފައިވަނީ މި މަަހުގެ 1 އަކާއި ހަމައަށް "ކާރިސާތަކުގައި ލިބޭ ގެއްލުން ބަޔާންކުރާ ފޯމް" ހުށަހަޅުއްވާފައިވަނީ 11 ރަށަކުން 163 ފޯމް ކަމަށެވެ.
މީގެ ތެރެއިން 125 ފޯމު (78%) ލިބިފަައިވަނީ އައްޑޫ ސިޓީގެ ރަށްތަކުން ކަމަށް އެންޑީއެމްއޭ އިން ވަނީ ފާހަގަކޮށްފައެވެ.
Advertisement
ގެއްލުުން ބަޔާންކުރާ ފޯމުތަކުގެ ތަފްސީލު:
ސ. ފޭދޫ: 104 ފޯމް
ބ. ފެހެންދޫ: 9 ފޯމް
ދ. ކުޑަހުވަދޫ: 2 ފޯމް
ގދ. މަޑަވެލި، ހއ. ތުރާކުނު: ކޮންމެ ރަށަކުން 13 ފޯމް
ސ. ހިތަދޫ: 12 ފޯމް
ގއ. ދާންދޫ، ސ.މީދޫ، ސ. މަރަދޫފޭދޫ، ސ. މަރަދޫ: ކޮންމެ ރަށަކުން 1 ފޯމް
އެންޑީއެމްއޭ ކާރިސާތަކުގައި އެހީދިނުމުގެ މިންގަނޑުގެ ދަށުން ޝަރުތުހަމަވާ 6 ރަށެއްގެ 116 ގެއަށް އެހީގެ ގޮތުގައި 531370ރ. ދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވަނީ ބުނެފައެވެ.
އެގޮތުން ފައިސާގެ އެހީ ހަމަޖެހިފައިވާ ގޮތް:
ސ.މަރަދޫ: -/19590
ސ. ފޭދޫ: -/402102
ސ. މީދޫ: -/1044
ސ.ހިތަދޫ: -/42225
ސ. ހުޅުދޫ: -/8460
ގދ. މަޑަވެލި: -/57949
އެހީގެ ގޮތުގައި އެންޑީއެމްއޭ އިން ދެވުނު ޖުމްލަ ފައިސާގެ ތެރެއިން 61 އިންސައްްތަ އެހީ އަކީ ސްޓްރަކްޗަރަލް ގެއްލުންތަކަށް ނުވަތަ ގެދޮރު، އިމާރާތަށް ދެވުނު އެހީ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.
އަދި ބާކީ 39 އިންސައްތް އަކީ ގޭގައި ގެންގުޅޭ ޒަރޫރީ ހިފާގެންގުޅެ ތަކެއްޗަށް ލިބުނު ގެއްލުމަށް ދެެވުނު އެހީ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެންޑީއެމްއޭ އިން އިތުރަށް ފާހަގަކޮށްފައިވަނީ ދަނޑު ބިންތަކަށާއި، ވިޔަފާރިއާއި، މަގުުފާރު، ގަރާޖް، ގުދަން ފަދަ ތަންތަނަކީ ކާރިސަތަކުގައި އެހީދިނުުމުގެ މިންގަނޑުގެ ދަށުން އެހީ ދެވޭ ދާއިރާތަކެއް ނޫން ކަމަށެވެ.
މިއާއިއެކު މަތީގައިވާ 11 ރަށުގެ ތެރޭގައި ހިމެނޭ ދ. ކުޑަހުވަދުއަށް ލިބުނު ގެއްލުންތަކަށް އެހީ ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ