ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ އެމްޑީޕީ ޓިކެޓަށް ހަތަރު މީހަކު ކުރިމަތިލައިިފި

ކ.ގުރައިދޫ ދާއިރާގެ ހުސްވެފައިވާ ރައްޔިތުން މަޖިލީހުގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ މީހަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ހަތަރު ބޭފުޅަކު ކުރިމަތިލައިފިއެވެ. ގުރައިދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމަށް އެމްޑީޕީން މިދިޔަ ހޯމަ ދުވަހު ހުޅުވާލާފައިވާއިރު، ކުރިމަތިލުމުގެ ސުންގަޑި ހަމަވެފައިވިއިރު ކުރިމަލެއްވި ބޭފުޅުންނަކީ: މުހައްމަދު މުސްތަފާ. ވިވިޑް/ކ. މާފުށި ސަލްމާން ރަޝީދު، މާފަރިވާގެ/ކ. މާފުށި އިބްރާހިމް ޝާޒް، ހ. ތާޅަފިލިގެ/މާލެ އަބްދުﷲ ސައީދު، ވެލި/ކ. ގުރައިދޫ ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރުކަމަށް އެމްޑީޕީގެ ފަރާތުން ޝައުގުވެރިވާ ބޭފުޅުންގެ ނަންތައް އާއްމުކޮށްފައިވާއިރު، މިހާތަނަށް އަދި އެހެން ސިޔާސީޕާޓީއަކުން މިގޮތަށް ނަންތަކެއް އާއްމުކޮށްފައެއް ނުވެއެވެ. އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައިވާ ގޮތުގައި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާނޭކަން އަންނަ އޭޕްރީލަ މަހުގެ 15 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ