ގުރައިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް، އެ ދާއިރާގެ ރައީސަށް

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ނުކުންނާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި އިންތިހާބު އެ ދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާހިމް ޝާޒް ހޯއްދަވައިފިއެވެ.
ޕްރައިމަރީގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ކ. ގުރައިދޫއަށް އުފަން، ޝާޒް އިންތިހާބު ކާމިޔާބު ކުރެއްވީ 315 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ އެންމެ ކައިރިން ވާދަ ކުރެއްވީ ކ. މާފުށި، މާފަރިވާގެ، ސަލްމާން ރަޝީދެވެ. ޕްރައިމަރީގައި ހަތަރު ކެންޑިޑޭޓުން ވާދަ ކުރެއްވިއެވެ.
ގުރައިދޫ ދާއިރާގައި ހިމެނެނީ ތިން ރަށެވެ. އެއީ ކ. ގުރައިދޫ، ކ. ގުޅި، އަދި ކ. މާފުށްޓެވެ.
އެމްޑީޕީ ޕްރައިމަރީގައި ވާދަކުރި ކެންޑިޑޭޓުން:
1- މުޙައްމަދު މުސްތަފާ – ވިވިޑް / ކ. މާފުށި
2- ސަލްމާން ރަޝީދު – މާފަރިވާގެ / ކ. މާފުށި
3- އިބްރާހިމް ޝާޒް – ފައިވްރޯޒް / ކ ގުރައިދޫ
4- އަބްދުﷲ ސައީދު – ވެލި / ކ. ގުރައިދޫ
އެމްޑީޕީ ޕްރައިމަރީގެ ވޯޓާސް ލިސްޓުން ދައްކާ ގޮތުން، އެ ދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 800 އަށްވުރެ، ގިނައެވެ.
އަންނަ މަހުގެ 15 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބާއްވާ ގުރައިދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 3،000 ވުރެ ގިނަ މީހުންނަށް ލިބިގެންވެއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިއުލާން ކުރީ އެ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދެވި އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު މެލޭޝިއާގައެވެ. އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ