ވައިގަދަ ދުވަސްވަރަކަށް ވުމުން ދަތުރުކުރާއިރު މޫނުމައްޗަށް ބުރުގާ ނުދާނެހެން ބެހެއްޓުމަށް ފުލުހުން އިލްތިމާސް ކޮށްފި

ވައިގަދަ ދުވަސްވަރަކަށް ވުމުން ދަތުރުކުރާ އިރު މޫނުމައްޗަށް ބުރުގާ ނުދާނެހެން ބެހެއްޓުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ބުނީ ހުޅަނގު މޫސުމުގެ ވިއްސާރަ ފެށި މި ދުވަސްވަރު ގަދަވައި ޖެހެމުންދާތީ ހައިވޭ އަދި ބުރިޖު މަތިން ދުއްވާ ފަރާތްތަކުގެ ސަލާމަތަށް އިތުރު ސަމާލުކަންދޭން ޖެހޭ ކަމަށެެވެ.
ބުރުގާ އަޅާ ފަރާތްތަކުން ވަޔާއެކު މޫނުމައްޗަށް ބުރުގާ ނުދާނެހެން ބެހެއްޓުމާއެކު ވިއްސާރަ ކޯޓު ބޭނުންކުރާ ފަރާތްތަކުން ވަޔާއި އެކު ހަލާކުވެގެންގޮސް އެހެންމީހުންގެ މޫނުމަތީގައި ނޭޅޭފަދަ ރަނގަޅު ފެންވަރުގެ ކޯޓެއް ބޭނުން ކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.
މީގެ އިތުރުން ވައިގަދަވާ ގަޑިތަކުގައި އުޅަނދުތަކުގެ ސްޕީޑް ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި ހިފެހެއްޓުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ފުލުހުން އެފަދައިން އިލްތިމާސް ކޮށްފައި ވާއިރު ބްރިޖާއި ހައިވޭގައި ހިނގާފައިވާ އެކްސިޑެންޓު ތަކުގައި ގިނަ ބަޔަކަށް އަނިޔާވެފައި ވާއިރު ގިނަ ބައެއްގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަރަށް ގަދައަށް ވިއްސާރަ ކުރަމުންދާ ދުވަސްވަރަކަ ށްވާއިރު އާންމު ގޮތެއްގައިވެސް ކޮންމެ އަހަރެއްގެ ޖޫން އަދި ޖުލައި މަސް ފާހަގަ ކުރެވެނީ މޫސުން ގޯސްވެ، ކަނޑުގަދަވާ ދުވަސްވަރެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ