ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ސިވިލް ކޯޓުގެ ފަނޑިޔާރު އާއިޝަތު އަޒްފާ ޢަބްދުލްޣަފޫރު ކައިވެނި ބައްލަވައިގެންފި އެވެ.
ބ. ފުޅަދޫ އަށް ނިސްބަތްވާ ފައިސަލް އާއި މާލެއަށް ނިސްބަތްވާ އަޒްފާގެ ކައިވެނި ޕާޓީ އޮތީ މިއަދު ހަވީރު މާލޭގަ އެވެ.
އަޒްފާ އާއި ފައިސަލް ކުރިން އެހެން ބޭފުޅުންނާ ކައިވެނި ބައްލަވައިގެން ކުދިން ލިބިފައިވެ އެވެ.
ފައިސަލް އާއި އަޒްފާގެ ކައިވެންޏާ ގުޅިގެން މި ދެ ބޭފުޅުންގެ ރަހްމަތްތެރިންނާއި އެކުގައި މަސައްކަތް ކުރާ ޝަރުއީ ދާއިރާގެ މުވައްޒަފުން ގެންދަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔަމުންނެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ފައިސަލް ކުރެއްވީ ޖުލައި 24، 2018 ގައެވެ. އަޒްފާ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވީ ޖެނުއަރީ 2020 ގައެވެ.
ހައިކޯޓުގެ ފަނޑިޔާރު ފައިސަލް އާއި ސިވިލް ކޯޓު ގާޒީ އަޒްފާ ކައިވެނި ބައްލަވައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ