މެމްބަރު ޝާޑު އިރުތިޝާމާއި ޖަވާޖީގޮތުން ގުޅިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ޔޫތު މިނިސްޓްރަ އިރުތިޝާމް އާދަމާއި ކައިވެނިކޮށް މިއަދު ޖަވާޖީ ގޮތުން ގުޅިއްޖެއެވެ.
ހޮޓެލް ޖެންގައި ބޭއްވުނު ކުލަގަދަ ރަސްމިއްޔާތެއްގައި ދެބޭފުޅުންގެ އުފަލުގައި ސަރުކާރުގެ ބޮޑެތި މީހުންނާއި މަޖިލިސް މެމްބަރުން ވަނީ ބައިވެރިވެފައެވެ. ދެބޭފުޅުންގެ ކައިވެނި ޕާޓީ ވެސް މިރޭ ބޭއްވުމަށް ހަމަޖެހިފައި އޮތީ ޖެންގައެވެ.
މެމްބަރު ޝާޑުގެ ތިންވަނަ ކައިވެންޏަށް މިކައިވެން ވެފައިވިނަމަވެސް މިއީ މިނިސްޓަރު އިރުތިޝާމްގެ އަލަތު ކައިވެންޏެވެ. އިރުތިޝާމް ވަނީ އޭނާގެ އުމުރުގެ ބޮޑުބައި ސަރުކާރަށް ޚިދުމަތް ކުރުމުގައި ހޭދަކޮށްފައެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއި ސަރުކާރުގެ މިނިސްޓަރަކު ޒަވާޖީ ގޮތުން ގުޅުނު ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ