ވަކި ސިޔާސީ ބޭފުޅަކާއި ބައިޢަތު ހިފައިން މަަސައްކަތް ނުކުރައްވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ މިހާރު ޖުމްހޫރީ މާލަމުގައި ކުރިއަށްދާ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ބައެއް ފަރާތްތަކުން އެމަނިކުފާނު ވަކި ބޭފުޅަކާއި ބަޢިއަތު ހިފައިގެން މަަސައްކަތް ކުރައްވާކަމަށް ބައެއް ވިދާޅުން ވިދާޅުވަމުން ގެންދަވާކަމަށެވެ. އަދި އެކި ފަހަރު އެކި ސިޔާސީ ޕާޓީތަކާއިއެކު މަސައްކަތް ކުރައްވާކަމަށް ތުހުމަތު ކުރައްވަމުން ގެންދަވާކަމަށެވެ.
އެކަމަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ އެމަނިކްފާނު ހުންނެވީ ގަބޫލްކުރައްވާ ވަކި ސިޔާސަތުތަކެއްގައި ހިއްޕަވައިގެންކަމަށާ އެ ސިޔާސަތު ދޫކޮށްނުލައްވާނެކަމަށެވެ.
އެއްވެސް ރައްޔިތަކަށް އަދި ސިޔާސީ އެއްވެސް ބޭފުޅަކަށް ނުހައްގުން އަނިޔާއެއް ލިބުމަށް ފުރުސަތު ނުދެއްވާނެކަމަށާ އެކަމާއި ދެކޮޅަށް ތެދުވެވަޑައިގަންނަވާނެކަމަށެވެ. އަދި ގައުމަށް އެންމެ ހެޔޮއެދޭ ގޮތް އަބަދުވެސް އިހްތިޔާރު ކުރައްވާނެކަމަށްކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައީސް މައުމޫނާއި ބައިޢަތު ހިފައިގެންވެސް އަދި ރައީސް ނަޝީދާއި ބައިއަތު ހިފައިންވެސް އެމަނިކްފާނު މަސައްކަތް ކުރައްވަމުން ނުގެންދަވާކަމަށެވެ.
ގާސިމް ވިދާޅުވީ ރައީސް ނަޝީދާއި ދެކޮޅަށް ޓެރަރިޒަމްގެ ދައުވާ ކުރެވިގެންދިޔައީ އެންމެ އިންސާފުވެރިކޮށް ނޫންކަމަށާ ނަޝީދުގެ ދިފާއުގައި ވާހަކަ ދެއްކެވީ އެހެންވެގެންކަމަށެވެ. ރައީސް ނަޝީދާއި ބައިޢަތު ހިފައިގެން މަސައްކަތް ނުކުރާކަމަށާ ނަމަވެސް ނަޝީދަށްވެސް ނުހައްގުން އަނިޔާއެއް ދޭނަމަ ހައްގުބަސް ބުނާނެކަމަށެވެ.
އަދި ރައީސް މައުމޫނާއިވެސް ބައްދަލްކުރެއްވީ އެމަނިކްފާނު އެދިވަޑައިގަތުމުންކަމަށާ އެ ބައްދަލްވުމުގައިވެސް ރައީސް މައުމޫނާއި ގުޅިގެން ބައިޢަތު ހިފައިގެން މަަސައްކަތް ކުރުމަށް ނިންމާފައިނުވާނެކަމަށެވެ.
ވަކި ބޭފުޅަކާއި ބައިޢަތު ހިފައިގެން މަަސައްކަތެއް ނުކުރަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ