ދިވެހިރާއްޖޭގެ ރައްޔިތުންގެ ކުރިމަގާ މެދު ގޮތެއް ނިންމައިފި ކަމަށާއި އެ ނިންމުން އެ މަނިކުފާނު ގަބޫލު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓުން ބަލިވެ ވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ގައުމާ މުޚާތަބުކޮށް ވާހަކަ ދައްކަވާ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ވަރަށް ގިނަ ކަންތައްތައް ކޮށްދެއްވި ކަމަށާއި އެ ޚިދުމަތްތަކާ މެދު ރައްޔިތުން ބަސް އިއްވައިފި ކަމަށެވެ. އަދި އެ ނިންމުން އެ މަނިކުފާނު ގަބޫލު ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބަކީ ވަރަށް ފުރިހަމައަށް ދިޔަ އިންތިޚާބެއް ކަމަށާއި އެމަނިކުފާނަށް ވޯޓު ދެއްވި ބޭފުޅުންނަށް ޝުކުރުވެރިވާކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނަށް ބުރައަކަށް ވެވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
އަލަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ހޯމަ ދުވަހު ތަހްނިޔާ ކިޔުއްވާފައިވާނެ ކަމަށާއި ވެރިކަން ބަދަލުވަންދެން ގައުމު ވަރަށް އަމާން ކަމާއެކު ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެއްވެސް ބަޔަކު މިދުވަސްތަކުގައި ހަމަނުޖެހުމެއް ނުހިންގުމަށް ރައީށް ޔާމީން ވަނީ އެދިވަޑައިގެންފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ރައްޔިތުން ގޮތެއް ނިންމައިފި، އަޅުގަނޑު އެގޮތް ގަބޫލު ކޮށްފިން: ރައީސް ޔާމިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ