ކުރީގެ ރައީސް އަދި މިހާރު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ކޮރަޕްޝަންގެ ތުހުމަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރު ކުރަން ނިންމައިފި އެވެ.
ސަން އޮންލައިނަށް ދީފައިވާ އިންޓަވިއުއެއްގައި އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެފައިވަނީ ރައީސް މައުމޫން އޭސީސީއަށް ހާޒިރުކުރަން ނިންމީ ފުލުހުންނާ ގުޅިގެން ކުރިން އެ ކޮމިޝަނުން ތަހުގީގު ކުރަމުން އައި މައްސަލައެއް ކަމަށެވެ.
އެ މައްސަލައަކީ ރައީސް މައުމޫން ވެރިކަމުގައި ހުންނެވި އިރު ރިޔާސީ ގަނޑުވަރު ހިންގި ގޮތާއި ގުޅޭގޮތުން 2009 ވަނަ އަހަރު އޮޑިޓް އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓްގެ މައްސަލަ އެވެ.
މިހާތަނަށް އެ މައްސަލައިގެ ތަހުގީގު ނުނިމި ދިގުލައިގެން ދިޔައީ ކީއްވެކަން އޭސީސީގެ ރައީސް ވިދާޅުވެފައެއް ނުވެ އެވެ.
ކޮރަޕްޝަންގެ ތުހުމަތުގައި ރައީސް މައުމޫން އޭސީސީއަށް ހާޒިރު ކުރަން ނިންމައިފި !
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ