ނޫސްވެރިން ބައްދަލުކުރުމުން ރައީސް ވިދާޅުވީ ބިލު ބޭރުކޮށްލުމާ މެދު ވިސްނަވާނެ ކަމަށް ނޫސްވެރިން ބައްދަލުކުރުމުން ރައީސް ވިދާޅުވީ ބިލު ބޭރުކޮށްލުމާ މެދު ވިސްނަވާނެ ކަމަށް

ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކޮށްލުމާ މެދު ވިސްނަވާނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު ދެއްވާފައިވާ ކަމަށް ނޫސްވެރިން މިއަދު ބުނެފި އެވެ.
މުއިއްޒު މި ޔަގީންކަން އެރުވީ، ބިލު ބޭރުކޮށްލަން ގޮވާލާ ރައީސް އޮފީސް ކުރިމަތީގައި އޮންނަ މީޑިއާ ފެންޑާގައި މުޒާހަރާ ކުރަމުން ދިޔަ ނޫސްވެރިންގެ ޑިމާންޑުތަކަށް ދީލާލައި، ބޭއްވި ބައްދަލުވުމުގަ އެވެ. ރައީސް ނޫސްވެރިންނާ މި ބައްދަލުކުރެއްވީ އިއްޔެއިން ފެށިގެން އެކަމަށް ޑިމާންޑު ކުރަމުން ދަނިކޮށެވެ.
ރައީސްއާ ބައްދަލުކުރެއްވުމަށް ފަހު ރައީސް އޮފީހުން ނިކުމެ، އެ ބައްދަލުވުމުގައި ބައިވެރިވި ދައުރު ނޫހުގެ އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ، މީޑިއާތައް ކޮންޓްރޯލް ކުރުމަކީ ރައީސްގެ ވިސްނުމެއް ނޫން ކަމަށް ވިދާޅުވި ކަމަށެވެ.
ރައީސް ދެއްކެވި ވާހަކައިގައި މި ސަރުކާރަކީ ނޫސްވެރިންނާ ގާތުން މަސައްކަތް ކުރާ، މީޑިއާތަކަށް ޕޮޒިޓިވް ސަރުކާރެއް ކަަމަށް ނޫސްވެރިން ގާތު ވިދާޅުވި އެވެ. އަދި މިހާރު ހުށަހަޅާފައިވާ ބިލަށް މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ނޫސްވެރިން ބޭނުންވާ ބަދަލުތައް ގެންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ނޫސްވެރިން ބުންޏެވެ.
ނަމަވެސް މިހާރު އޮތް ބިލު އިސްލާހުކުރަން ކުރަން ޖެހޭ މަސައްކަތަށް ހޭދަވާ ވަގުތަށް ވުރެ، އާ ބިލެއް ފަރުމާކުރަން ނަގާނެ ކަމަށް ބުނެ ނޫސްވެރިން ވަނީ ބިލު ބޭރުކޮށްލަން ކުރާ ޑިމާންޑު ދަމަހައްޓާފަ އެވެ. ނޫސްވެރިންގެ މި ޑިމާންޑާ ގުޅިގެން ރައީސް ވިދާޅުވި ކަމަށް ވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމުގެ ލަފާ ހޯއްދެވުމަށް ފަހު ބިލާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
ނޫސްވެރިން މިހެން ބުނި ފަހުން ރައީސް އޮފީހުން ވަނީ މިއަދު މެންދުރު އުޝާމް ބައިވެރިވެ ވަޑައިގަންނަވާ ނޫސްވެރިންގެ ބައްދަލުވުމެއް އޮތް ކަން އިއުލާންކޮށްފަ އެވެ. ބެލެވެނީ މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނިންމަވާ ގޮތެއް ހާމަކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ