ޖުލައި މަހުގެ އެކްސްޕޯޓަށް އާދަޔާ ހިލާފު ބޮޑު ކުރިއެރުމެއް

މިދިޔަ މަހު ރާއްޖެއިން ބޭރު ކުރި މުދަލުގެ ނިސްބަތް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު %222 އިތުރު ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - ކަސްޓަމްސް އިން ބުނީ މިދިޔަ 2024 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއިން އެކްސްޕޯޓު ކުރީ 65 މިލިއަން ރުފިޔާގެ މުދާ ކަމަށެވެ. މި އަހަރުގެ ޖުލައި މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ އަގު210 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ތަފްސީލް - އެ އިދާރާގެ ހިސާބުތަކަށް ބަލާއިރު ޖެނުއަރީ އިން ފެށިގެން ޖުލައި މަހާއި ހަމައަށް ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ އަދަދު ވެސް މިދިޔަ އަހަރާ އަޅާ ބަލާއިރު %52 އިތުރެވެ. އެގޮތުން:
މިދިޔަ އަހަރުގެ ޖެނުއަރީ އިން ޖުލައި އާއި ހަމައަށް އެކްސްޕޯޓު ކުރީ 945 މިލިއަން ރުފިޔާގެ މުދާ
 މި އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓު ކުރި މުދަލުގެ އަގު 1.4 ބިލިއަން ރުފިޔާ
އަށް ވަނީ އިތުރުވެފައި
ރާއްޖޭން މައިގަނޑު ގޮތެއްގަިއ އެކްސްޕޯޓް ކުރަނީ މަހާއި މަހުން އުފައްދާ ބާވަތްތަކެވެ. 
ފާއިތުވި 7 މަހު ރާއްޖެއިން އެންމެ
ގިނައިން އެކްސްޕޯޓުކޮށްފައި ވަނީ ގަނޑުކުރި އަދި ފިނިކުރި ކަނޑުމަހާއި މަހުން
އުފައްދާފައިވާ ތަފާތު ބާވަތްތައް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓްކޮށްފައިވަނީ: 
ތައިލެންޑް (809.44 މިލިއަން ރުފިޔާ) 
އިނގިރޭސިވިލާތް (252.46 މިލިއަން ރުފިޔާ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ