މީޑިއާ ބިލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާ ބައްދަލުކުރެއްވުމަށް، ރައީސް އޮފީހަށް ވަތް ނޫސްވެރިން އެންމެ ބޭނުންވި ޖަވާބު ރައީސްގެ ފަރާތްޕުޅުން ނުލިބުނު ކަމަށް ނޫސްވެރިން ބުނެފިއެވެ.
ރައީސް އާ ބައްދަލުކުރެއް ނޫސްވެރިން ވަނީ އެ ބައްދަލުވުމާ ގުޅޭގޮތުން މީޑިއާތަކާ މައުލޫމާތު ހިއްސާކޮށްފައެވެ. މި ބައްދަލުވުމުގައި ނޫސްްވެރިން ރައީސްގެ އަރިހުން އެދިވަޑައިގެންނެވީ މީޑިއާ ބިލް އަނބުރާ ގެންދިއުމަށެވެ. ނަމަވެސް ރައީސްގެ ފަރާތްޕުޅުން ބިލް ގެންދަވާނޭކަމުގެ ސީދާ އިޝާރާތެއް ނުލިބުނުކަން ނޫސްވެރިން ފާހަގަކުރިއެވެ.
ބައްދަލުވުމުގައި ބައިވެރި ތަޖުރިބާކާރު ނޫސްވެރިޔާ، ހިރިގާ އަހުމަދު ޒާހިރު ވިދާޅުވީ، މީޑިއާއަށް ދެރަގޮތެއް ނުވާނޭކަމަށް ރައީސް ވިދާޅުވި ކަމަށާއި، ބިލަށް ވާނޭގޮތް އެނގޭނީ މިއަދު އޭޖީ އޮފީހުގެ ފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަށްފަހުކަމަށް ޒާހިރު ފާހަގަކުރެއްވިއެވެ.
ރައީސް މިއަދު ނޫސްވެރިންގެ ޝަކުވާތައް އަޑުއެއްސެވިއިރު މި ބައްދަލުވުމުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުންނާއި، މޯލްޑިވްސް މީޑިއާ ކައުންސިލް ތަމްސީލްކުރައްވާ މެމްބަރުންގެ އިތުރުން، ސީނިއާ ނޫސްވެރިން ހިމެނެއެވެ.
މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖުކުރަމުންދާއިރު، އިއްޔެއާ މިއަދުވެސް ނޫސްވެރިން ވަނީ ރައީސް އޮފީސް ދޮށުގައި ބިލާ ދެކޮޅަށް އިހުތިޖާޖުކުރުން ކުރިއަށްގެންގޮސްފައެވެ.
ރައީސް އޮފީހަށް ވަތް ނޫސްވެރިންނަށް އެންމެ ބޭނުންވިި ޖަވާބު ނުލިބުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ