40: 10
ގދ. ތިނަދޫން މުހައްމަދު ޝަހީބު
ދުވަސްވީ މީހުންތަކުގެ ދިގު ކިއޫތަކާ އެކު ގދ. ތިނަދޫގައި ވޯޓުލުން ފަށައިފި އެވެ.
އާބާދީގައި ހަ ހާހަށްވުރެ ގިނަ މީހުން ހިމެނޭ މި ރަށުގައި އުޅޭ ވޯޓުލުމުގެ ހައްގު ލިބިގެންވާ 3،321 މީހުން ވޯޓު ލުމަށްޓަކައި ހަތަރު ފޮއްޓެއް ވަނީ ބަހައްޓައިފަ އެވެ. ހެނދުނު 00: 9 ގައި ވޯޓުލުން ފެށިގެން އައިއިރު ހުރިހާ ފޮށިތަކެއް ކައިރީގައި ވެސް އާންމުކޮށް ތިބީ ދެ ޖިންސުގެ، ދުވަސްވީ މީހުންނެވެ.
"ޅަ ކުދިން އަންނާނީ ފަހުން. އެންމެ ފަހު ވަގުތު،" ދުވަސްވީ މީހަކު ބުންޏެވެ.
ތިނަދޫގެ ވޯޓުލުން ހިނގަމުންދާ ގޮތް ބެލުމަށް އީޔޫގެ އޮބްޒާވަރުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުންނާއި އަމިއްލަ ބައެއް ޖަމިއްޔާތަކުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އީޔޫން މި ރަށަށް އައިސްގެން އުޅޭ ދެ މެމްބަރުގެ ވަފުދުގެ ބޭފުޅުން އިއްޔެ ވަނީ ސިޔާސީ އެކިއެކި ޕާޓީތަކާ ބައްދަލުކޮށް، އެ މީހުންގެ ކަންބޮޑުވުންތައް ސާފުކޮށްފަ އެވެ.
މި އިންތިހާބަކީ ކިތަންމެ ހާމަކަން ބޮޑު ގޮތެއްގައި ބާއްވަމުންދާ އިންތިހާބެއް ނަމަވެސް، މި ކަމުގައި މަކަރު ހެދުމުގެ އެކިއެކި އުކުޅުތައް ގެންގުޅެފާނެ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ. އެކަމަކު މި ފަހަރު އެއީ ވޯޓުލުމާ ބެހޭ ރަސްމީ އިދާރާތަކާ ގުޅޭ މައްސަލައެއް ނޫނެވެ.
"ވޯޓު ލާ މީހުން ވެސް އެބަ މަކަރު ހަދާ. އެއީ ވަކި މީހަކަށް ވޯޓު ލެއްވުމަށްޓަކައި ކަރުދާސްކޮޅު އޮޅުވާލައިގެން ވޯޓު ލެއްވުން،" ވޯޓު ފޮއްޓެއް ކައިރީގައި ހުރި ޒުވާނަކު ބުންޏެވެ.
އޭނާ ބުނީ ވޯޓުލުމަށްފަހު، އެ މީހާ ގޮސް ކިއޫގައި ތިބޭ މީހުންނާ ގުޅުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށެވެ.
ވޯޓުލުން ހިނގަމުންދާއިރު، އެ ސަރަހައްދުތަކުގެ ބޭރުގައި، އެކިއެކި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުން، ފައިލްތަކާއި ލިސްޓުތަކާ އެކު ދަނީ ހަރަކާތްތެރިވަމުންނެވެ.
ތިނަދޫގައި ވޯޓުލުން ހިނގަމުންދާއިރު، އުފެދިދާނެ ހަމަނުޖެހުމެއް ކޮންޓްރޯލް ކުރުމަށްޓަކައި ޕޮލިސް ސްޓާފޯސް ތިބީ ތައްޔާރީ ހާލަތުގަ އެވެ. ތިނަދުއަށް ރޭ ބޯކޮށް ވާރޭ ވެހުނު ނަމަވެސް މިއަދު ފެންނަނީ ވަރަށް އަވިގަދަ، ރީތި ދުވަހެއްގެ ގޮތުގަ އެވެ.
ރިޔާސީ އިންތިހާބު 2008: ދުވަސްވީ މީހުންތަކުގެ ދިގު ކިއޫތަކާ އެކު ތިނަދޫގައި ވޯޓުލުން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ