އުރީދޫ މަސްރޭސް އަންނަ މަހު 7ގައި މާފުށީގައި ބާއްވަނީ
އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް ގުޅިގެން ބާއްވާ އުރީދޫ މަސްރޭސް 2026 ކ. މާފުށީގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.މި އަހަރުގެ އުރީދޫ މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހު ކ. މާފުށީގަ އެވެ.އުރީދޫ މަސްރޭސް 2026ގައި ގިނަވެގެން 20 ޓީމު ވާދަކުރާނެ އެވެ. އެގޮތުން، 20 ޓީމަށް ވުރެ ގިނައިން ރަޖިސްޓްރީ ވެފައިވާ ނަމަ، ފުރަތަމަ ރަޖިސްޓްރޭޝަން ފުރިހަމަކޮށް ފައިސާ ދައްކާ 20 ޓީމަށް މަސްރޭހުން ފުރުސަތު ދޭނެ އެވެ.ކޮންމެ މަސްރޭހެއްގައި ވެސް ޖުމްލަ 43،000ރ.ގެ ފައިސާގެ އިނާމު ހިމެނެ އެވެ. މީގެ ތެރޭގައި:ޗެމްޕިއަން ޓީމް: 25،000ރ.ދެވަނަ ޓީމް: 10،000ރ.ތިންވަނަ ޓީމް: 5000ރ.އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށާއި އެންމެ ބަރު މަސްބާނާ ފަރާތަށް ވެސް 1000ރ.ގެ އިނާމު ދޭނެ އެވެ.އުރީދޫ މަސް ރޭހަކީ އެކި ރަށްރަށުގެ ޖަމްއިއްޔާ ޖަމާއަތްތަކުންނާއި ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ވެސް ޓީމުތައް ހަދައިގެން ބައިވެރިވާ ފޯރިގަދަ ހަރަކާތެކެވެ. އަދި އެ މަސްރޭހަކީ ދިވެހިންގެ މެދުގައި މަސްވެރި ކަމަށް އޮންނަ ރޫހު ދިރުވައި، ޒުވާނުންގެ މެދުގައި އެކަމަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށް، އެއްބައިވަންތަކަމުގެ ރޫހު ކުރިއެރުވުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ