ހޯރަފުށީ ހާފްވޭހައުސްގައި ތިބި ކުދިން ނުކުމެ މީހަކަށް ބޮޑެތި އަނިޔާތަކެއް ދީފި

ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ މަރުކަޒުގައި ދިރިއުޅޭ ކުދިންތަކެއް އެ ރަށު މީހަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.ފުލުހުން ބުނީ ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުދިން އެ މަރުކަޒުން ނުކުމެ، އެ ރަށު މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.އެ ހާދިސާ ހިނގާފައިވާ ގޮތް ދެނެގަތުމަށްޓަކައި ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން ފުލުހުން މައްސަލަ ބަލަމުންދާ ކަމަށް ވެސް ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ތިން ކުއްޖަކު ހާފްވޭހައުސްގެ ފާރުމަތީ ތިބެ ހުތުރު ބަހުން ވާހަކަ ދައްކައި ހުތުރު އިޝާރާތްތައް ކުރާތީ ފެނެ އެވެ. އަދި ރަށުގެ ގިނަ އަދަދެއްގެ މީހުންނާއި ފުލުހުން އެ ހިސާބުގައި އުޅެ އެވެ. އަނިޔާވެފައި އޮތް މީހާ ނަގައިގެން ގެންދާ ވީޑިއޯއިން ބެލެވޭ ގޮތުގައި އެ މީހާ އޮތީ ހޭނެތިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ