ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21.25 އަށް އަރައިފި

ވެރި ރަށް މާލޭގެ ކަޅު ބާޒާރުގައި ޑޮލަރެއް ގަންނަން ލިބޭ އަގު 21.25 ރުފިޔާއަށް މިއަދު އަރައިފި އެވެ. 
ޑޮލަރުގެ އަގު 2.50 ރުފިޔާގައި ހުންނަތާ މަސްދުވަސްތަކަކަށްފަހު ޑޮލަރުގެ އަގު ބޮޑުވާން ފެށީ، މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ޑޮލަރުގެ އަގު އުފުލެމުން ގޮސް މިއަދު ޑޮލަރެއް ގަންނަން ލިބެނޭި 21.25 ރުފިޔާއަށެވެ. 
Zetta Enterprises Pvt Ltd
Enterprise Development Industrial Pvt Ltd
MU STORE
Yes Maldives Pvt Ltd
MU STORE
ޑޮލަރުގެ އަގު މައްޗަށް ގޮސްފައި މި ވަނީ މިއަހަރު ރިކޯޑު މިންވަރަކަށް ދަރަނި ދެއްކުމާއި ޑޮލަރުގެ އިސްރާފު ގިނަވުމާއި އާ އިންވެސްޓްމެންޓުތައް ނުވަނުމާއި ލޯނު ހޯދުމުގެ ގާބިލްކަން ސަރުކާރުގެ ނެތުމުންނެވެ. 
ޑޮލަރުގެ މައްސަލަ ހައްލު ކުރަން ކަމަށް ބުނެ ސަރުކާރުން ވަނީ ރިސޯޓުތަކަށް ޑޮލަރު މާރު ކުރުން މަޖުބޫރުކޮށްފަ އެވެ. ނަމަވެސް އެ ބަދަލާއެކު ވެސް ޑޮލަރުގެ އަގު ދިޔައީ މައްޗަށެވެ. 
ޑޮލަރުގެ އަގު މަތިވަމުންދިޔަ ނަމަވެސް ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ދަނީ އެކަން އޮޅުވާލަމުންނެވެ. އެގޮތުން، ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިފަހުން ވިދާޅުވީ މިވަރަށް ޑޮލަރު ތިޔާގިވި ޒަމާނެއް ނެތް ކަމަށެވެ. 
 "އާންމު ރައްޔިތުންނަށް މިއަށްވުރެ ފަސޭހައިން ބޭންކު ރޭޓުގައި ޑޮލަރު ލިބުނު ޒަމާނެއް ނާންނާނެ،" ފަލާހު ވިދާޅުވި އެވެ. 
ޑޮލަރުގެ އަގު 15.42 އަށް ނުވަތަ އެއަށްވުރެ ވެސް ބޮޑަށް ތިރި ކުރުމަކީ ރައީސް މުއިއްޒާއި އެމަނިކުފާނުގެ އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދުގެ ވައުދެކެވެ. ނަމަވެސް މިފަހުން ސައީދު ވިދާޅުވެފައި ވަނީ ޑޮލަރުގެ އަގު ތިރި ނުކުރެވެނީ ނިމިދިޔަ ސަރުކާރުތަކާ ހެދި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ