ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސް، ސަމާލުވޭ

ކުރިއަށް އޮތް ދެ ދުވަހު ބޯކޮށް ވާރޭވެހި ބައެއް ހިސާބުތަކަށް ކަނޑުގަދަވާނެތީ، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާ އިން އިލްތިމާސްކޮށްފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް، މެޓް އޮފީހުން ބުނީ ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ޓްރަޕްގެ ސަބަބުން، ކުރިއަށް އޮތް 48 ގަޑިއިރު މޫސުން ގޯސްވާނެ ކަމަށެވެ.
އެގޮތުން، ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު، ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް މެޓް އޮފީހުން ބުންޏެވެ.
މީގެ އިތުރުން، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ސަރަހައްދަށް އާންމުކޮށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ.
އެހެންކަމުން، އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުދަތުރު ކުރާއިރު، މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑު ވެދާނެ ކަމަށް ލަފާކުރެވޭތީ، އާންމުކޮށް ފެންބޮޑުވާ ރަށްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އެދިފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ