ކުރިމަތިލާންޖެހުނު އުނދަގޫ ހާލަތުގެ ސަބަބުން ޓީމުގެ އެއްބައިވަންތަ ވެއްޖެ: ޖަހާންބަހްޝް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަމުންދާ އީރާންގެ ޓީމަށް ކުރިމަތިލާންޖެހިފައިވާ އުނދަގޫ ހާލަތްތަކުގެ ސަބަބުން އެއްބައިވަންތަކަން އިތުރުވެފައިވާކަމަށް އެޓީމުގެ ކުރިއަށް ކުޅޭ އަލީރިޒާ ޖަހާންބަހްޝް ހާމަކޮށްފިއެވެ.
ޖަހާންބަހްޝް މިކަން ހާމަކޮށްފައިވަނީ ގްރޫޕް ޖީގައި ބެލްޖިއަމް އާއި ދެކޮޅަށް އީރާނުން ރޭ ކުޅެ އެއްވަރުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.
އޭނާ ބުނީ މިފަހަރުގެ މުބާރާތާއި ގުޅިގެން އީރާނުން މާބޮޑެތި ކަންތައްތަކަކަށް ނޭދޭ ކަމަށާއި އެޤައުމުން އެދުނީ މުބާރާތުގައި ދެން ބައިވެރިވާ 47 ޓީމަށްވެސް ކަން ކުރާ އުސޫލާއި އެއްގޮތަށް ކަންތައްތައް ކޮށްދިނުމަށް ކަމަށެވެ.
ޖަހާންބަހްޝް ބުނީ އެޓީމަށް މިފަހަރުގެ މުބާރާތުގައި ކުރިމަތިލާން ޖެހިފައިވާ ދަތި ތަކާއި ގުޅިގެން އެޓީމުގެ ކުޅުންތެރިންގެ މެދުގައި އޮންނަ އެއްބައިވަންތަކަން އިތުރަށް ވަރުގަދަ ވެގެން ގޮސްފައިވާކަމަށެެވެ. އަދި އީރާންގެ ސަގާފަތް އޮންނަ ގޮތުން ދަތިކަމަށާއި ކުރިމަތިވެއްޖެނަމަ އެކަމާއި ކުރިމަތިލާލެއް ވަރުގަދަ ވެގެންދާނެއެވެ. އަދި މިހާލަތުގައި އެހެން ކަމުން އީރާންގެ ޓީމުގެ ކުޅުންމިވަނީ ކުރިއަށް ވުރެ ވަރުގަދަ ވެގެން ގޮސްފައެވެ. ނަމަވެސް އުންމީދަކީ ކުރިއަށް އޮތް ގްރޫޕް މަރުހަލާގެ ފަހު މެޗަށް ސިއާޓްލްއަށް ވަގުތު އޮއްވާ ދިއުން ކަމަށްވެސް ޖަހާންބަހްޝް ފާހަގަ ކުރިއެވެ.
ޖަހާންބަހްޝް ބުނީ އީރާންގެ ޓީމުން ކުޅެމުންދަނީ އީރާންގެ ހުރިހާ ރައްޔިތުންނަށްޓަކައި ކަމަށާއި އޭގަ އެޓީމުން އެއްވެސް ބަޔެއް ތަފާތު ނުކުރާކަމަށެވެ. އަދި ކޮންމެ ފިކުރެއް ގެއްނުޅޭ ރައްޔިތެއް ނަމަވެސް އެހުރިހާ އެންމެންގެ ހިތުގައިވެސް ފުޓްބޯޅަ އާއި އީރާންގެ ޓީމަށް އޮންނަ ލޯތްބަށް ބަދަލެއް ނާންނަ ކަމަށެވެ.
ޖަހާންބަހްޝް އިތުރަށް ހާމަކުރިގޮތުގައި ބެލްޖިއަމް މެޗުގެ ކުރިންވެސް މިމެޗު ކުރިއަށްދާނެ ގޮތް ކޮންމެވެސް ވަރަކަށް އަންދާޒާ ކުރެވިގެންދިޔަ ކަމަށެވެ.
ބެލްޖިއަމްއަކީ މޮޅެތި ގިނަ ކުޅުންތެރިންތަކެއް ތިބި ފާހަގަ ކޮށްލެވޭ ޓީމެއް ކަމަށާއި އެޓީމު ކައިރީ އީރާނަށް ރަނގަޅު ކުޅުމެއް ދެއްކުނު ކަމަށެވެ. ހާއްސަކޮށް މެޗުގެ ފެށުން ރަނގަޅުވިކަން އޭނާ ފާހަގަ ކުރިއެވެ. އަދި އެއް ކުޅުންތެރިއެއް އިތުރު ވުމުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ނުހިފުމުން އެކަމުގެ މާޔޫސްކަން ކުޅުންތެރިންގެ ކިބައިން މެޗަށް ފަހު ފެނިގެންދިޔަ ކަމަށްވެސް ޖަހާންބަހްޝް ފާހަގަ ކުރިއެވެ.
މިމުބާރާތުގައި އީރާން އިން ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ މިވަގުތު ގްރޫޕްގެ އެއްވަނައިގާ އުޅޭ މިޞްރު އާއެވެ. އަދި ބެލްޖިއަމް ބައްދަލުކުރާނީ ނިއުޒީލަންޑާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ