މޫސުން ގޯސްވެ، ޔެލޯ އެލާޓް ނެރެފި

މޫސުން އިތުރަށް ގޯސްވެ، ރ.
އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ އިދާރާ އިން މިރޭ ޔެލޯ އެލާޓް
ނެރެފި އެވެ
ރާއްޖެ އަށް މިހާރު ކުރަމުންދާ އިރުވައި
މޫސުމުގެ ވިއްސާރައިގައި ރ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް މިރޭ މޫސުން
ގޯސްވެ، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ މޫސުމާ ބެހޭ އިދާރާ
އިން ޔެލޯ އެލާޓް ނެރެފި އެވެ.
މިރޭ 8:30 އިން ފެށިގެން 23:30 އާ ހަމައަށް ނެރުނު
އެލާޓްގައި ބުނެފައިވާ ގޮތުން މި ސަރަހައްދަށް ވާރޭ ވެހުމާ އެކު ވިލާގަނޑުގައި
ގަޑިއަކު 40 މޭލަށް ވައި ގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މެދު ރާއްޖެ
ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓް ނެރުމުގެ ކުރިން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް
އެލާޓް ވެސް މިރޭ ވަނީ ނެރެފަ އެވެ.
މެޓުން ބުނެފައިވަނީ މި ހަފުތާއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ހަފުތާއެއް ކަމަށާއި މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ