ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމާއި ފުލުހުން މިރޭ ސުވާލުކުރުމުންވެސް ތަހުގީގަށް އެއްބާރުލުން ނުދެއްވިކަމަށް ރައީސް މައުމޫނުގެ ވަކީލު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނުގެ ޤާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ފައިސަލް ކުރެއްވި ޓްވިޓްގައި ވިދާޅުވީ ރައީސް މައުމޫނާއި ފުލުހުން މިރޭ ސުވާލު ކުރައްވާފައިވާއިރު މިއީ ފުލުހުން ރައީސް މައުމޫނާއި ސުވާލުކުރެއްވި ހަތަރު ވަނަ ފަހަރު ކަމުގައެވެ.My client president @maumoonagayoom was again questioned tonight on the alleged charges.This is the 4th time he had been questioned. He stood firm on his stance taken before, not to cooperate with an illegal investigation@maanhameed @HuShameem @yumna_maumoon #MaldivesInCrisis— faisal_cappi (@cappi5) March 12, 2018ނަމަވެސް ރައީސް މައުމޫނު ކުރިންވެސް ނިންމަވާފައިވާގޮތަށް މިރޭވެސް ފުލުހުނަށް އެއްބާރުލުން ނުދެއްވިކަމަށް ފައިސަލް ވިދާޅުވިއެވެ.
ރައީސް މައުމޫނު ހައްޔަރުކުރިތާ 33 ދުވަސް ފަހުން ފުރަތަމަވެސް ރައީސް މައުމޫނާއި ސުވާލުކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.
ފުލުހުންގެ ތުހުމަތު ތަކަށް އިންކާރު ނަމަވެސް ފުލުހުން ހިންގާ ތަހުގީގަކީ ޤާނޫނާއި ހިލާފު ތަހުގީގެއްކަމަށް ވިދާޅުވެ ތަހުގީގަށް އެއްބާރުލުން ނުދެއްވާނެކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިކަމަށް ފައިސަލް ކުރިން ވިދާޅުވިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރައީސް މައުމޫނު ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ މެމްދަމުގެ ވަގުތެއްގައެވެ.
ރައީސް މައުމޫނުގެ މައްޗަށް ރިޝްވަތުގެ ތުހުމަތާއި ޤާނޫނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުގެ އިތުރު ސަލާމަތީ ބާރުތަކުގެ މެދުގައި ބައިބައިވުން އުފެއްދުމުގެ ތުހުމަތުވަނީ ކޮށްފައެވެ.
މީގެ އިތުރުން ހެކި ނައްތާލުމުގެ ތުހުމަތު ރައީސް މައުމޫނުގެ މައްޗަށްކޮށް ދައުވާ ކުރުމަށް ފުލުހުންވަނީ ޕީޖީ އޮފީހަށް މިހާރު ފޮނުވާފައެވެ.
ރައީސް މައުމޫނު މިރޭވެސް ފުލުހުންނަށް އެއްބާރުލުމެއް ނުދެއްވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ