ނާއިންސާފު އަބަދަކު ދެމި ނޯންނެނެ ކަމަށާއި، މިހާރު ފުދިއްޖެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމް ވިދާޅު ވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ހައްޔަރުކުރި ފަހުން، 1000 ދުވަސް ފުރުމާއި ގުޅުވައިގެން ކުރެއްވި ޓްވިޓެއްގައެވެ.President of Adhaalath Party Hon @ShimranAb has been in prison now for 1,000 days on a fake charge. Injustice cannot go on forever. Enough is enough! #freeSheikhImran now! pic.twitter.com/geSlpIvzYJ— Maumoon Abdul Gayoom (@maumoonagayoom) January 24, 2018ރައީސް މައުމޫނު ވިދާޅުވީ މިހާރު ފުދިއްޖެ ކަމަށާއި ނާއިންސާފު އަބަދަކު ދެމި ނޯންނާނެ ކަމުގައެވެ. އަދި ޝައިޚް އިމްރާން ހައްޔަރުކޮށް ޖަލަށް ލެވިފައިވަނީ "ފޭކް" ދައުވާއެއް ކޮށް ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
2015 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު އަދާލަތު ޕާޓީން އިސްވެ އޮވެ ކުރި މުޒާހަރާގައި ހިނގާ ދިޔަ ކަންތައްތަކުގެ ޒިންމާ އިމްރާންއާއި އަދާލަތު ޕާޓީން ނަގަންޖެހޭނެ ކަމަށް ކަނޑައަޅާ ޝައިޚް އިމްރާންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުއެވެ.
ޝައިޚް އިމްރާން ޖަލަށް ލެވުނު ފަހުން އެކިފަހަރު އެކި ކަންކަމާއި ގުޅިވައިގެން ގެއަށް ބަދަލު ކުރެވިފައި ވެއެވެ. އަދި އަލުން ޖަލަށް ބަދަލުކޮށް ޖަލުގައި ލިބެމުންދާ އިނާޔަތްތައްވެސް ބައެއް ފަހަރުދަނީ އުނިކުރަމުންނެވެ.
އިނަފް އިޒް އިނަފް، ނާއިންސާފު އަބަދަކު ދެމިއެއް ނޯންނާނެ: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ